ads
ފޮޓޯ:ވޮއިސް
މުލިޔާގެ ކައިރިން ބޮން ގޮއްވާލަން އިންޒާރުދީގެން ހައްޔަރުކުރި އެކަކު ދޫކޮށްލައިފި
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވާ މުލިއާގެ ދޮަށަށް ދެމީހަކު ގޮސް އެތަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވީ ހައްޔަރުކުރި ދެ މީހުންގެ ތެރެއިން ދޫކޮށްލާފައިވަނީ އެކަކު ކަމަށާއި މިހާރު ބަންދުގައި ހުރީ ބޮން ގޮއްވާލާނެ ކަމުގެ އިންޒާރުދިން މީހާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިރިއުޅުއްވާ މުލިއާގެ ދޮށަށް ގޮސް އަޑުގަދަކޮށް އެތަން ގޮއްވާލާނެ ކަމުގެ އިންޒާރު ދީފައިވަނީ، ދަބަހަކާއި، ރަތްކުލައިގެ ކޮތަޅެއް ހިފައިގެން ތިބި ދެމީހެކެވެ. 

މުލިއާގެ ސިފައިން އެމީހުން ހިފަހައްޓާފައިވާއިރު ފުލުހުންގެ ހާއްސަ ޓީމަކުން ވަނީ އެ ސަަރަހައްދަށް ގޮސް އެމީހުން ގެންގުޅުނު ތަކެތި ބަލާ ފާސްކުރުމަށްފަހު އެތަކެއްޗާއިއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

2015 ވަނަ އަހަރުގެ ނޮވެމްބަރު ދެވަނަ ދުވަހު މުލީއާގެ ކައިރިން ގޮއްވާލުމަށް ތައްޔާރުކޮށް އެއްގަމުގައި ދުއްވާ އުޅަނދެއްގައި ބާއްވާފައި އޮތް ބޮމެއް ފެނި އެބޮން ރައްކާތެރިކަމާއެކު ނައްތާލާފައިވަނިކޮށް މާލޭގެ ދެ ތަނެއްގައި ބޮމެއްކަމަށް ސިފަވާ ގޮތަށް ތައްޔާރުކޮށްފައިވާ ދެ އެއްޗެއް ބަޔަކު ބާއްވާ އާންމުންގެ ތެރޭގައި ބިރުވެރިކަންވަނީ 2015ވަނަ އަހަރުގެ ނޮވެމްބަރު ދެވަނަ ދުވަހު ވެސް އުފައްދާފައެވެ.

މިފަދަ އަމަލުތައް ފުލުހުން ބަލަނީ ޓެރަރިޒަމް އަމަލުތަކެއްގެ ގޮތުގައެވެ. އަދި އެފަދަ އަމަލެއް ހިންގާނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ ގާނޫނު ބުނާ ގޮތުން ކުށެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް