ads
ވައްޑެގެ ކެމްޕެއިންގައި އިބޫ
އިންތިހާބުގައި ރައީސް ވަރެއް ނެތް، މިހާރު ގޯސް
ރައްޔިތުންގެ މަޖިލީހުގައި ކެމްޕެއިން ދުވަސްވަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަތްޕުޅުގައި ހިފައިގެން ކެމްޕެއިން ކުރުމަށް ފަހު، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ރައީސް އިބްރާހީމް މުހައްމަދު ސާލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
Advertisement

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ރައީސް އިބްރާޙީމް މުހައްމަދު ސާލިހަށް ފާޑު ވިދާޅުވީ ހުސްވި ހަފުތާތެރޭ އޮތް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. އެއީ ގާނޫނުލް އުގޫބާތަށް ސަރުކާރުން ހުށަހެޅި ބިލްގެ ކަންތަކުގައި މަޖިލީސް ހޫނިވި ދުވަހު އެވެ.

އެ ދުވަހު ވައްޑޭވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ރައީސްގެ އިސްތިއުފާއަށް ވެސް ގޮވާފައެވެ. ވައްޑޭ ވިދާޅުވިގޮތުގައި، ސަރުކާރުން ފޮނުވާ ބިލުތައް އެއީ ސަރުކާރުގެ ބިލުކަން ކަނޑައެޅޭނެ އުސޫލެއް މިހާރު ކަނޑައަޅަން ޖެހެ އެވެ.

your imageވައްޑެގެ ކެމްޕެއިނުގައި ރައީސް އިބޫ

ކުށްވެރިކުރަން އަޅުގަނޑު އެ ކަންތައް. ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވަން، ހިތްވަރު ނެތިއްޔާ ނުކުރާނީ މި ކަހަލަ ކަންކަން. ހަމަ ނެއްޓިލާފައި ހިސާނުގެ ބިލު، ހަމަ އެ މީހަކާ އެ މީހެއް ދެން އޮންނާނީ. ވަރަށް މިނިވަންކޮށް އުޅެލާ ހިތްވޭ އަޅުގަނޑު ވެސް. 65 ތެރޭގައި މިހެން ހުރެހުރެ މީހާ ހަލާކުވެއްޖެ މިހާރު. މަގުމައްޗަށް ނުކުމެވެން ނެތް މީހުން ގޮވާ އެއްޗިހިން

ވައްޑެގެ ވާހަކަތަކާ ގުޅިގެން ސަރުކާރަށް ތާއީދު ކުރާ މަޖިލީސް މެންބަރަކު ސީއެންއެމްއާ ވާހަކަ ދައްކަވަމުންވަނީ ވައްޑެއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ވައްޑެއަށް ހީވަނީ އެންމެ މުހިއްމީ ބާރަށް ވާހަކަ ދެއްކުން ކަމަށް ސަރުކާރު ފަޅީގެ އެ މެންބަރު ވިދާޅުވިއެވެ.

ވައްޑެއަށް ހީވަނީ ކަންނޭނގެ ރައްޔިތުންނަށް އެންމެ ކަމުދާނީ އެންމެ އަޑު ގަދަ މީހާކަމަށް. އެކަމަކު އެހެނެއް ނޫން، ރައްޔިތުން ތިބީ ސަރުކާރާއެކު. އިބްރާހީމް މުހައްމަދު ސާލިހުގެ މަޑުމައިތިރި ކަމަކީ ރައްޔިތުންގެ ތާއީދު އެ މަނިކުފާނަށް އެންމެ ބޮޑުވާ ސަބަބު. ކެމްޕެއިނެއް އައިމާ މާދަމާވެސް ވައްޑެވެސް ދާނީ އިބޫ އަތްޕުޅުގައި ހިފައިގެން. ވައްޑޭ އިންތިހާބުވީވެސް ސީދާ ރައީސް ކުރެއްވި ކެމްޕެއިނުން. އެކަން ވައްޑެ ހަނދާން ނައްތާލައިގެން ނުވާނެ.

މަޖިލިސް ޗުއްޓީއަށް ދިޔައިރު ސަރުކާރަށް ތާއީދު ކުރާ މަޖިލީހުގެ އެމްޑީޕީ މެންބަރުންނާއި ރައީސް ނަޝީދަށް ތާއީދު ކުރާ އެމްޑީޕީ މެންބަރުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއްވަނީ އުފެދިފައެވެ. އެހެންނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތީ އިބްރާހީމް މުހައްމަދު ސޯލިހަށް ސަޕޯޓްކުރާ ގޮތަށެވެ. 

29%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް