އިންޑިޔާގެ މުނިފޫހިފިލުވުމުގެ ހަބަރު ގެނެސްދޭ ޕިންކު ވިލާއިން ބުނީ މި ފިލްމުގައި ތަރިންގެ ގޮތުގައި ހަރަކާތްތެރި ވާނީ ރިތިކް ރޯޝަނާއި ސައިފް އަލީ ހާން ކަމަށެވެ.
މި ފިލްމު ޑައިރެކްޓު ކުރާނީ މީގެ އަސްލު ފިލްމުވެސް ޑައިރެކްޓުކޮށްފައިވާ ޕުސްކާރު އަދި ގައިތިރީއެވެ. މި ފިލްމު ރިލީޒް ކުރަން ގަސްދު ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
މި ފިލްމުގައި ދައްކުވައިދީފައިވަނީ ފުލުހުންގެ އޮފިސަރެއް މުޖްރިމެއް ހޯދުމަށް ކުރާ މަސައްކަތެވެ.
ގިނަ ބަޔަކު ދަނީ ކެތްތެރިކަމެއްނެތި މި ދެތަރިންގެ ތެރެއިން ފުލުސް މީހާގެ ރޯލުން ފެންނާނީ ކޮން ތަރިއެއްތޯ އާއި މުޖްރިމްގެ ގޮތުގައި ފެނިގެންދާނީ ކޮންތަރިއެއްތޯ ބަލަން ތައްޔާރުވަމުންނެވެ.