އާޖެންޓީނާ ޗެމްޕިއަންކަން ހޯދީ އާދިއްތަ ދުވަހު ފަތިހު ކުޅުނު ފައިނަލް މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްގެނެވެ. ފައިނަލް މެޗުގެ ހަމަ އެކަނި ލަނޑު ޖެހީ އެންހެލް ޑި މާރިއާއެވެ.
މިއީ ނަވާރަ ސަތޭކަ ނުވަފިހަ ތިންވަނަ އަހަރުގެ ފަހުން އާޖެންޓީނާއަށް ކޮޕާ އެމެރިކާ ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މިއީ އާޖެންޓީނާގެ ތަރި މެސީގެ ކެރިއަރުގައި ހާސިލް ކުރެވުނު ކޮޕާ އެމެރިކާގެ ފުރަތަމަ މުބާރާތްވެސް މެއެވެ. މީގެ ކުރިން ކޮޕާ އެމެރިކާގެ ފައިނަލުގައި މެސީ ކުޅުނު ތިން ފަހަރުވެސްވަނީ ބަލިވެފައެވެ.
އެއް ލަނޑު ސުން ލަނޑުން އާޖެންޓީނާ މޮޅުވި މި މެޗުގައި ބްރެޒިލަށްވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ދިޔައެވެ. މިއީ އަމިއްލަ ގައުމުގައި ކުޅެ ކޮޕާ އެމެރިކާ ބްރެޒިލަށް ގެއްލުނު ފުރަތަމަ ފަހަރުވެސް މެއެވެ.