ads
ފޮތް ގާޑީޔާ ގައި ފޮތް ކިޔުމުގެ ހަރަކާތް ކުރިޔަށް ދަނީ
ބީއެމްއެލްގެ އެހީ ހުޅުމާލޭގެ 'ފޮތް ގާޑިޔާ' އަށް
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ 'ފޮތް ގާޑިޔާ' އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ހަޓެއް ހަދައި އާންމުންނަށް ބޭނުންކުރެވޭނެހެން ހުޅުވާލާފައި ވާކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
Advertisement

ބީއެމްއެލް އިން ނެރުނު ނޫސް ބަޔާނެއްގައި ވާގޮތުން މި ޕްރޮޖެކްޓް ގެ އަމާޒަކީ ހުޅުމާލޭގައި މިހާރު ގާއިމް ކުރެވިފައިވާ ފޮތް ގާޑިޔާގައި ހުރި ފޮތްތަކަށް ވިއްސާރައިގެ ސަބަބުން ގެއްލުންވިޔަ ނުދިނުމަށާއި ގިނަ ފަރާތްތަކަކަށް ބޭނުންކުރެވޭނެހެން މި ތަން ތަރައްގީ ކުރުން ކަމުގައިއެވެ. މިގޮތުން،  ދިވެހި ހަރުގެއެއް ހެން ފަރުމާކޮށް ހިޔާވާނެގޮތް ހަދައި މި ފޮތް ގާޑިޔާގައި ހުންނަ ފޮަތްތައް ރައްކާތެރިކަމާއެކު ބެހެއްޓޭނެ އިންތިޒާމު ވަނީ ގާއިމްކޮށްފައި ކަމަށާއި އިތުރު ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް މި ހަރުގެ ބޭނުން ކުރެވިގެންދާނެ ކަމަށްވެސް މި ނޫސްބަޔާނެވެއެވެ. 

" ފޮތް ގާޑިޔާގެ އެންމެ ބޮޑު އެއް އަމާޒަކީ ފޮތް ކިއުމުގެ އާދަ މުޖުތަމުގައި އިތުރު ކުރުން. އެގޮތުން ތަފާތު ފޮތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސާ ކުޑަ ކުދިންގެ އިތުރުން ބޮޑެތި މީހުންނަށްވެސް ބޭނުން ކުރެވޭނެހެން މި ސަރަހައްދު ގާއިމްކުރުން. މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ލިބުމުގެ އިތުރުން ތަފާތު ހަރަކާތަތްތައް ހިންގުމަށްވެސް މި ތަން ބޭނުން ކުރެވިގެންދާނެ." ފޮތް ގާޑިޔާ ފައުންޑާ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓް ހިންގުމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ފަރާތުން ވަނީ ހަރުގެ އެޅުމަށް އެހީތެރިކަން ފޯރިކޮށްދިނުމުގެ އިތުރުން ބޭނުންވާނެ ބައެއް ސާމާނު ހޯދުމަށް އެހީތެރިކަން ފޯރިކޮށްދީފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް