ads
ކޮވިޑްގައި މަރުވި މީހަކު ވަޅުލަނީ- ފޮޓޯ: ޕީއެސްއެމް
ކޮވިޑް ބަލީގައި އިތުރު މީހަކު މަރުވެއްޖެ
ކޮވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

އެޗް.ޕީ.އޭ އިން ބުނެފައިވާ ގޮތުގައި ރޭ މެންދަމު 03:05 ގައި މަރުވެފައިވަނީ ށ.އަތޮޅު ކޮވިޑް ފެސިލިޓީގައި އެޑްމިޓް ކޮށްފައި އޮތް އުމުރުން 59 އަހަރުގެ ދިވެހި އަންހެނެކެވެ.

މިމަރާއިއެކު ރާއްޖޭން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 214 އަށް އަރާފައެވެ.

މެއި މަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް އެޅި ހަރުކަށި ފިޔަވަޅުތަކަށްފަހު ޖޫން މަހުގެ ތެރޭގައި ކޭސްތައް ވަނީ ދަށްވެފައެވެ. އިއްޔެ 10 (ހޮނިހިރު) ވީ ދުވަހު އެޗް.ޕީ.އޭގެ އެންމެ ފަހުގެ ތަފްސީލް އާއްމުކުރިއިރު، މުޅި ރާއްޖެއިން ޓެސްޓުކޮށްފައިވާ ޖުމްލަ 2،650 ސާމްޕަލް ތެރެއިން ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 90 މީހުންނެވެ. މީގެތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 23 މީހުންނެވެ. އަދި އަތޮޅުތަކުން 58 މީހެއް ޕޮޒިޓިވްވެފައިވާއިރު، ރިސޯޓްތަކުން ހަ މީހުން ޕޮޒިޓިވްވެފައިވެއެވެ. މީގެއިތުރުން ހަދަމުންއަންނަ ރިސޯޓް ތަކުން 3 މީހެއް ޕޮޒިޓިވްވެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް