ads
ނައިބު ރައީސް ފައިސަލް ނަސީމާއި ގުޅީ ކައުންސިލް މެމްބަރުން-- ފޮޓޯ: ރައީސް އޮފީސް
ގުޅީގެ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މާލެ އަތޮޅު ގުޅީ ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވައި ތަރައްގީގެ މަޝްރޫއުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މާލެ އަތޮޅު ގުޅީ ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވައި ތަރައްގީގެ މަޝްރޫއުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ގުޅީ ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ތަރައްގީ އަށް ބޭނުންވާ ކަންކަމާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރައްވާފަ އެވެ.

އެގޮތުން ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމާއި ގުޅޭ ގޮތުންނާއި ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ވީ އެންމެ އަވަހަކަށް ގާއިމު ކުރުމުގެ މުހިންމު ކަމާއި އަދި ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަން ވެސް ކައުންސިލަރުން ފާހަގަކުރެއްވި އެވެ.

އަދި ކައުންސިލު އިދާރާ ހިންގުމަށް އިމާރާތެއްގެ މުހިންމު ކަމާއި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާއިން ހުރި ކަންބޮޑުވުންތަކާއި ރަށުގެ އިޖްތިމާޢީ ހާލަތު ރަނގަޅު ކުރުމަށް ކުރަން ހުރި ކަންކަން ވެސް މި ބައްދަލުވުމުގައި ކައުންސިލަރުން ހިއްސާ ކުރައްވާފައި ވެއެވެ.

އެ ބައްދަލު ކުރެއްވުމުގައި ނައިބު ފައިސަލް ނަސީމް ވަނީ ރަށުގެ ތަރައްގީއަށް ރޭވިފައި ހުރި މަޝްރޫއުތަކުގެ މަސައްކަތްތަކާއި ގުޅިގެން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ބައްލަވައި ކަމާ ގުޅޭ މިނިސްޓްރީތަކާއި މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުމުގަ އާއި އާންމު އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމަށް ކައުންސިލުން މަސައްކަތްކޮށްދެއްވުމަށާއި ވަކިން ހާއްސަކޮށް ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް