ads
ށ. ފޯކައިދޫ--
އުސޫލުތަކާއި ހިލާފަށް ފޯކައިދޫގައި ކަރަންޓީނުގައި ތިބޭ މީހުންނާ ބައްދަލުކުރަނީ
ކަރަންޓީނު ގަވާއިދާ ހިލާފަށް ށ. ފޯކައިދޫގައި ބައެއް މީހުން އަމަލުކުރަމުންދާ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
Advertisement

ފޯކައިދޫގެ ކައުންސިލް މެމްބަރު ހުސެން ފަރީދު ސީއެންއެމްއަށް ވިދާޅުވީ މާލެއިން ރަށަށް ގޮސް އުޅޭ ބައެއް ކަރަންޓީންވެފައި ތިބޭ މީހުންނާ ކަރަންޓީނު ގަވާއިދާ ހިލާފަށް ބައްދަލުކުރަން ދާ ކަމަށާއި އަދި ކަރަންޓީނުގައި ތިބި މީހުން ދިރިއުޅޭ ގެތަކަށް ވެސް ވަދެ ހަދާ ކަމަށެވެ.

"ކަރަންޓީނުގައި ތިބި މީހުން ދިރިއުޅޭ ގެތަކަށް ވަދެ އެ މީހުންނާ ބައްދަލުކޮށް ހަދަނީ. ނަމަވެސް އެ ފަދަ މީހުންނާ މެދު ފިޔަވަޅެއް ނާޅާ. މިއީ ވަރަށް ދެރަކަމެއް،" ފަރީދު ވިދާޅުވި އެވެ.

ކަރަންޓީނުވެ ތިބޭ ގޭގެއަށް މީހުން ވަދެ ނިކުމެ އުޅޭ މައްސަލާގައި ކައުންސިލުގެ ރައީސްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

މީގެ އިތުރުން މިމަހުގެ 7 ވަނަ ދުވަހު ހިނގި ހާދިސާއަކާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ފަރީދު ވިދާޅުވި އެ ހާދިސާގައި ޑެލިވަރީ ކުރަން ދިޔަ ފަރާތަށް ޑެލިވަރީ ކުރަން ޖެހޭ ގެޔަކީ ކަރަންޓީނަށް ލާފަވާ ގެއެއްކަން ނޭނގޭ ކަމަށާއި ޑެލިވަރީ ޕެކޭޖު ބަލާ ނިކުތް މީހާ ހުރީ ގޭ ދޮރުމައްޗަށްވާ ގޮތަށް މަގުމަތީ ކަމުން ޑެލިވަރީކުރަން ދިޔަ ފަރާތަށް ކަރަންޓީނު ކުރިކަމަށް ލިޔެފާއިން ބޯޑު ނުފެނުނީކަމުގައެވެ. އަދި މަގުމަތިން ދިމާވުމުން އެ ޑެލިވަރީ ކުރި ފަރާތް ކަރަންޓީނު ކުރާކަށް ނުޖެހޭކަމަށާއި ޖެހޭނީ ދެ ފަރާތްވެސް ޖޫރިމަނާ ކުރަން ކަމަށް ފަރީދު ވިދާޅުވިއެވެ. އަދި ޑެލިވަރީ ކުރި ފަރާތުގެ ސާމްޕަލް ނެގިއިރު އެއީ ކިހިނެތް ވެގެން ނެގުން ސާމްޕަލްއެއްތޯ އެހެމުން އެ ސުވާލަށް ސާމްޕަލް ނަގަން ދިޔަ މީހުން ޖަވާބެއް ދީފާ ނުވާކަމަށް ފަރީދު ފާހަގަ ކުރެއްވިއެވެ. 

އަދި ޑެލިވަރީ ކުރަން ދިޔަ ފަރާތް މިހާރު ކަރަންޓީނު ކުރެވިފައިވާ ގޭގައި ކަރަންޓީނު ނޯޓިސް ހަރުކޮށްފައިވިނަމަވެސް އެގޭގެ ވެރިފަރާތަށް އަދިވެސް އެކަން އަންގާފައިނުވާކަމަށް ފަރީދު ފާހަގަކުރެއްވިއެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް