ads
ޗެމްޕިއަން އިޓަލީ
ޔޫރޯ 2020: އިޓަލީން ޗެމްޕިއަންކަން ހޯދައިފި
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިންގްލަންޑް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އިޓަލީން ހޯދައިފިއެވެ. އިޓަލީއަށް ޗެމްޕިއަންކަން ލިބުނީ ޕެނަލްޓީގައި ތިން ލަނޑު ދެ ލަނޑުން މޮޅުވެގެންނެވެ.

އާދިއްތަ ދުވަހުގެ ރޭ އިންގްލަންޑްގެ ވެމްބްލީގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު އަދި އިތުރު ވަގުތު ހަމަވީ ދެ ޓީމު އެއް ލަނޑު އެއް ލަނޑުން އެއްވަރުވެގެންނެވެ. މެޗުގައި އިންގްލަންޑުން ޖެހި ލަނޑު މެޗު ފެށިގެން އެންމެ ދެ މިނިޓްގެ ތެރޭގައި ޖެހީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ ލޫކް ޝޯއެވެ. އިޓަލީން އެއްވަރު ކުރީ ދެވަނަ ހާފުގެ ތެރޭގައި ތަޖުރިބާކާރު ޑިފެންޑަރު ބޮނޫޗީއެވެ.

މި ނަތީޖާއާ އެކު ދެ ޓީމު އެއްވަރުވުމުން، މޮޅުވާ ޓީމެއް ކަނޑައަޅަން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި، އިންގްލަންޑަށް ނާކާމިޔާބާ ކުރިމަތިވީ ތިން ކުޅުންތެރިންގެ ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ. އޭގެ ތެރޭގައި ސީދާ ޕެނަލްޓީއަށް ޚާއްސަކޮށް އެރުވި ސަންޗޯއާ ރަޝްފޯޑް ހިމެނެއެވެ. އަދި ޒުވާން ކުޅުންތެރިޔާ ސަކާގެ ޕެނަލްޓީ ނާކާމިޔާބުވުމާ އެކު އިންގްލަންޑަށް މުބާރާތް ގެއްލުނީއެވެ.

އިޓަލީން މިރޭ މި މުބާރާތް ކާމިޔާބު ކުރުމަކީ، އެ ޓީމަށް ޔޫރޯ ދެވަނަ ފަހަރަށް ކާމިޔާބު ކުރެވުމެވެ. އަނެއްކޮޅުން އިނގިރޭސިން މިއީ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް