ads
މޫނުބުރުގާ އަޅާފައިވާ ކަނބަލެއް
އަނބިމީހާ ވަރަށް ރުޅިގަދަ، ކިހިނެއް ދެން ހަދާނީ؟
އިންސާނުންނަކީ އެކިކަހަލަ މީޒާޖު ލިބިފައިވާ ބައެކެވެ. ހެވާއި ނުބައި އެނގުނު ނަމަވެސް، އިންސާނުންގެ ކަށީގައި ހަރުލާފައިވާ ބައެއް އާދަތައް ހުރެއެވެ. މިޒާޖުގެ ސަބަބުންނެވެ.

މަޖާ މިޒާޖުގެ މީހުން އުޅޭއިރު، އަނެއްބަޔަކީ ސީރިއަސް މީހުންނެވެ. އެއްބަޔަކު ރުޅިމަޑުވާއިރު، އަނެއް ބަޔަކީ ރުޅި ކޮންޓްރޯލް ކުރުމުގައި ދަތިތަކަކާއި ކުރިމަތިލާންޖެހޭ ބައެކެވެ.

މިފަދައިން ރުޅިގަދަ އަނބެއް ހުރެ، އަނބިމީހާ ރުޅިގަދަވާއިރު ކަންތައް ކުރަންވީގޮތް ގިނަ މީހުންނަށް ނޭންގިދެއެވެ. ނަމަވެސް ޒަވާޖީ ހަޔާތެއް ބިނާކުރާއިރު، އަނބިމީހާ ރުޅިމަޑުކުރުވައި، ހަމަޖައްސަން އެނގުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކާށެވެ!

އަންހެނުންނަކީ ހިތުގައިވާ އިހުސާސްތަކާއި ޝަކުވާތައް ބޭރުކުރަން ބޭނުންވާ ބައެކެވެ. ރެޔާއި ދުވާލު އެތައް މަސައްކަތެއް ލޯބިވާ މީހުންނަށްޓަކައި ކުރާއިރު، ހިތުގައި އުފެދޭ ޖަޒުބާތުތަކާއި ހިތާމަވެރިކަން ބޭރުނުކުރެވުމުންވެސް ބައެއް އަންހެނުންނަށް ނުތަނަވަސްކަމާއި ކުރިމަތިލާންޖެހެއެވެ. ވުމާއިއެކު ގިނަ ގިނައިން ކަންކަމާއި ގުޅޭގޮތުން "އޯޕަން މައިންޑް" އަކުން ދެމަފިރިންވެސް ވާހަކަދެއްކުން ގިނަކުރާށެވެ.

އަނބިމީހާގެ މިޒާޖު ދެނެގަނެވޭތޯ ބަލާށެވެ!

މީހެއްގެ ގޮތް އެނޭނަމަ، ކޮންމެ އިންސާނަކަށްވެސް އެމީހަކާ ދޭތެރޭ ކަންތައްތައް ބަހައްޓަންވީގޮތް ދެނެގަނެވެއެވެ. އަނބިމީހާގެ މިޒާޖުވެސް މިފަދައިން ދެނެގަނެ، އޭނާ ރުޅިގަދަވާ ކަންކަމާއި، ރުޅިމަޑުވާ ކަންކަމުގެ އިތުރުން އެކިކަންކަމަށް އަމަލުބަހައްޓާގޮތް ދެނެގަނެވިއްޖެނަމަ، ގިނަ ކަންތައްތަކެއް މައްސަލައަށް ނުވެ ހައްލުވާނެއެވެ.

އަނބިމީހާއަށް ސްޕޭސް ދޭށެވެ!

އަނބިމީހާއަށް އިތުބާރުކޮށް، އޭނާގެ ހުވަފެންތަކާއި، ރަހުމަތްތެރިންނާއި އެނާ ހިތްހަމަޖެހޭ ކަންތައްތައް ކުރުމަށް ދޫދޭށެވެ. އާއިލާ މީހުންނާއި ރަހުމަތްތެރިންނާއި މުއާމަލާތުކުރުމަށް ފުރުސަތުދީ ގުޅުން ބަދަހިކުރުމަށް ފުރުސަތުދޭށެވެ. މިފަދައިން ކަންތައް ކުރުމުގެ ސަބަބުން ދެމީހުންގެވެސް ހަޔާތުގައި އިތުރު ކަންކަމަށް ފުރުސަތުލިބި، ދިރިއުޅުން ބެލެންސްވެގެންދާނެއެވެ.

އަނބިމީހާ އޭނާގެ ގޮތުގައި ބަލައިގަންނާށެވެ!

އެއްވެސް އިންސާނަކީ ފުރިހަމަ އިންސާނަކަށް ނުވާއިރު، ތިމާގެ އަނބިމީހާގެވެސް އައިބުތަކަކާއި އުނި ސިފަތަކެއް ހުންނަ ކަން ގަބޫލުކޮށް އޭނާ، އޭނާގެ ގޮތުގައި ބަލައިގަންނާށެވެ. ރުޅިގަދަ އަނބެއް ހަމަޖައްސާނެ ގޮތެއް ހޯދުމުގެ ބަދަލުގައި، އަނބިމީހާއަކީ ކޮންކަހަލަ މީހެއްކަމާއި، ދެމަފިރިންގެ ގުޅުން ވަރުގަދަކުރުމަށް ކުރެވިދާނެ ކަންކަމާއި ދޭތެރޭ ވިސްނާށެވެ.

ހަގީގަތް ނުހޯދަ ކަންކަން ނުނިންމާށެވެ!

ކަންކަމުގައި ހަގީގަތް ނުހޯދަ ނިންމުމުގެ ބަދަލުގައި އަންހެނުންގެ ކައިރީގައި ކަމުގެ ހަގީގަތް އަހައި، ހޯދައި ބަލާށެވެ. ގިނަ މައްސަލަތައް މިފަދައިން ހަގީގަތް ނުހޯދައި ދާންވެއްޖެނަމަ، އަނބިމީހާ، އޭނާގެ ފިރިމީހާއަށް އޮންނަ ގަދަރު ކުޑަވެގެންދާނެއެވެ. އަދި ކަންކަމުގައި ވީގޮތް ކިޔައިދިނުން މުހިންމު ކަމެއްގެ ގޮތުގައި ނުދެކި ޒުވާބުކުރުން މާ ރަނގަޅު ކަމެއްގެ ގޮތުގައި ދެކެވޭނެއެވެ.

އަންހެނުންނަށް އިއްޒަތާއި ލޯތްބާއި ގަދަރު ދޭށެވެ!

އަންހެނުންނަކީ އުފެދުމުގައިވެސް ﷲ ސުބުހާނަހޫ ވަތައާލާ، އެކަނބަލުންގެ ހިތުގައި މަޑުކަމެއް ލެއްވެވި ބައެކެވެ. އިހުސާސްތަކަކީ އެމީހުންގެ ހިތުގައި އަބަދުމެ ދެމިގެންވާ އެއްޗެކެވެ. މިހެން މިކަން ވާއިރު، ކިތަންމެ ރުޅިގަދަ އަނބެއްވެސް، ފިރިމީހާގެ ފަރާތުން ލޯތްބާއި ގަދަރާއި އިއްޒަތް ލިބޭނަމަ، އޭނާގެ އުޅުމަށް ބަދަލު އައިސް، ފިރިމީހާއާއި ދޭތެރޭ ރަހުމެއް ހުންނާނެކަމީ ޝައްކެއްވެސް ނެތް ކަމެކެވެ. ލޯތްބާއި އޯގާތެރިކަމާއިއެކު އަނބިމީހާއާއި ވާހަކަ ދައްކައި، ބޭރުމީހުންގެ ކުރިމަތީވެސް އިހުތިރާމްކުރުން ގިނަކުރާށެވެ.

ކޮންމެ ދެމަފިރިއެއްގެ ދޭތެރޭގައިވެސް މައްސަލަ ޖެހޭނެކަން ދަންނާށެވެ. ނަމަވެސް އެމައްސަލަތަކުގެ ހައްލަކީ ދެމަފިރިން ވަކިވުމެއް ނޫނެވެ. ފުރިހަމަ ޒަވާޖީ ހަޔާތެއް ބިނާކުރުމަށްޓަކައި ދެމަފިރިން ދޭތެރޭ ޖެހޭ މައްސަލަތައް ހައްލުކުރުމަށް ދެފަރާތުންވެސް ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ. އަދި އެކަކު އަނެކަކުގެ އުނިއިތުރުކަން ބަލައިގަނެ އެކަކު އަނެކަކުދެކެ ލޯބިވާންޖެހެއެވެ.

67%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް