ads
ރިޗާޑް ބްރެންސަނާއި ޓީމު
ޖައްވީ ދަތުރު ނިންމާލުމަށްފަހު ރިޗަޑް ބްރެންސަން ދުނިޔެއަށް އަތުވެއްޖެ
ބިލިއަނަރު ރިޗާޑް ބްރެންސަން ޖައްވީ ދަތުރު ނިންމާލުމަށްފަހު ދުނިޔެއަށް އެނބުރި އަތުވެއްޖެއެވެ.

ޔުނިޓީގެ ނަމުންނަންދީފައިވާ އުޅަނދެއްގައި ރިޗާޑްވަނީ 85 ކިލޯމީޓަރު މައްޗަށް ދަތުރުކޮށްފައެވެ. މި ދަތުރުގައި ބައިވެރިވީ ރިޗާޑްގެ އިތުރުން މި އުޅަނދުގެ ދެ ޕައިލެޓުންނާއި، ގެލެކްޓިކް ކުންފުނީގެ ތިން މުވައްޒަފުންނެވެ. މި އުޅަނދު ފަރުމާކޮށް ތައްޔާރުކުރަން 17 އަހަރު ހޭދަވެފައިވާކަމަށް ވާޖިން ގެލެކްޓިކްއިން މައުލޫމާތުދެއެވެ.

މި އުޅަނދު ދަތުރުފަށާފައިވަނީ އެމެރިކާގެ ނިއުމެކްސިކޯއިންނެވެ. ދަތުރުފެށިތާ ގަޑިއިރެއްތެރޭ އެ އުޅަނދުވަނީ ސަލާމަތުން އެނބުރި ބިމަށް ޖައްސާފައެެވެ.

ދަތުރަށްފަހު ނޫސްވެރިންނާއި ބައްދަލުކުރަމުން ރިޗާޑް ބުނީ ޖައްވަށް ދަތުރުކުރުމަކީ އޭނާ އެންމެ ކުޑައިރުންސުރެ ދެކެމުން އަންނަ ހުވަފެނެއްކަމަށާއި ޖައްވަށް ކުރުވުނު ދަތުރަކީ ވަރަށް ތަފާތު އިހުސާސްތަކެއްކުރުވި ދަތުރެއްކަމަށެވެ.

ރިޗަޑްގެ މިދަތުރަކީ އޭނާ މިއަންނަ އަހަރު ވިއްކަން ފަށަން މަސައްކަތްކުރާ ޖައްވީ ފަތުރުވެރިކަމުގެ ތަޖުރިބާގެ ނަމޫނާއެއް ކަމަށް ރިޗަޑް ބުންޏެވެ.

މި އުޅަނދުގައި ޖައްވަށް ދިއުމަށް މިހާތަނަށް 600 މީހުންވަނީ ޑިޕޮސިޓު ބަހައްޓާފައެވެ. މި ދަތުރުގެ ޓިކެޓަކަށް ޖުމްލަ 250،000 އެމެރިކާ ޑޮލަރު ހަރަދުވާނެއެވެ.     

ބްރޭންސަން އެންމެ ފުރަތަމަ ޖައްވަށް ދަތުރުކުރުމުގެ ވިސްނުން ހިއްސާކުރީ 2004 ވަނަ އަހަރުއެވެ. އޭނާ ނިންމައިގެން ހުރީ 2007 ވަނަ އަހަރު މި ހިދުމަތް ފެށުމަށް ނަމަވެސް ފަންނީ އެތައް ދަތިތަކެއްގެ ސަބަބުން މި މަޝްރޫއު ވެގެންދިޔައީ އޭނާގެ މުޅި މަސައްކަތު ހަޔާތުގައި ކުރިމަތިލާންޖެހުނު އެންމެ ބޮޑު ގޮންޖެހުމަށެވެ.

މިދަތުރަކީ ރިޗަޑް އޭނާގެ ވާދަވެރިން ކަމުގައި އެމޭޒަންގެ ޖެފް ބޭޒޯސްއާއި އީލަން މަސްކުގެ މައްޗަށް ހޯދުނު ބޮޑު ކާމިޔާބެކެވެ. ސަބަބަކީ އަމިއްލަ އުޅަނދެއްގައި އެންމެ ފުރަތަމަ ޖައްވައް ދަތުރުކުރި މީހާއަކީ އޭނާކަމުގައި ވުމުންނެވެ.      

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް