ads
ޓެކްސީއެއް -ފޮޓޯ: ސޯޝަލް މީޑިއާ
ޓްރާންސްފާ ކުރާނެކަމަށް ބުނެ ޑްރައިވަރުންނަށް ލަނޑު ދެނީ
ޓެކްސީ ދަތުރެއް ކޮށްލުމަކީ އުނދަގޫ ކަމެއް ނޫނެވެ. އަދި ދަތުރުކުރާ މީހާ އޭނާގެ ކުރި ދަތުރުގެ ފީއަށްވާ 25 ރުފިޔާ ދިނުމަކީވެސް މާ އުނދަގޫ ކަމަކަށް ނުވާނެއެވެ.

މިހެން މިކަން އޮތް ނަމަވެސް، ޓެކްސީ ދުއްވާ ޑްރައިވަރުންގެ ޝަކުވާއަކީ، ދަތުރު ކުރުމަށް ފަހު ދަތުރުގެ ރުފިޔާ ނުދީ ފިލައިގެން ދިއުމެވެ. ގިނަ މީހުން މިފަދައިން ކަންތައް ކުރަނީ ޓެކްސީއަށް އެރުމަށް ފަހު "އިންޓަނެޓެއް ނެތޭ" ކިޔައި ގެއަށް ނުވަތަ ދާތާކަށް ގޮސް ޓްރާންސްފާ ކުރާނަމޭ ކިޔާފަ ކަމަށް ޑްރައިވަރުން ބުނެ އެވެ. އަދި އެތައް އިރެއް ވާއިރުވެސް ދަތުރުގެ ރުފިޔާއެއް ނުލިބޭކަމަށް ޑްރައިވަރުން ބުނެ އެވެ.

ވެހިކަލްތަކުން ތޮށްޖެހިފައިވާ މާލޭގެ މަގުތަކުގައި ޓެކްސީ ދަތުރަކަށް 25 ރުފިޔާ ދައްކަން ޖެހޭއިރު ގިނަ މީހުން ދެނީ 500 ރުފިޔާ ކަމަށް ވެ އެވެ. ފައިސާގެ ބާކީ ދޭން ވެސް ކާރު މަޑުކޮށްލައިގެން އޮތުން ވެސް ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ.

ބާރުބޮޑު މާލޭގެ މަގުމަތީގައި ޓެކްސީއެއް ބާއްވައިފިނަމަ މަގުތައް ތޮއްޖެހި، އަޑުގަދަވާން ފަށައެވެ. ނަމަވެސް ކަސްޓަމަރުންގެ ފަރާތުން އެއްބާރުލުމެއް ލިބޭނީ ވަރަށް ވެސް މަދު ފަހަރަކު ކަމަށް ޑްރައިވަރުން ބުނެ އެވެ. އޭގެ ބަދަލުގައި އަންނަނީ ރުޅިއެވެ. މަގު ބްލޮކްވާތީ އެންމެފަހުން ޓެކްސީ ޑްރައިވަރަށް ދެން މަޖުބޫރުވަނީ ރުފިޔާ ނުނަގާ ދާށެވެ.

މިފަދަ ކަންކަން ދިމާވުމުގެ ސަބަބުން، ދަތުރުކުރާއިރު ފައިސާގެ މުއާމަލާތް އަވަސް ކުރުމަށް އެދުނީމަވެސް ގިނަ ކަސްޓަމަރުންގެ ގާތަށް އަންނަނީ ރުޅި ކަމަށްވެ އެވެ. ސީއެންއެމް އާ ވާހަކަ ދެއްކި ޓެކްސީ ޑްރައިވަރުންވަނީ އެ މީހުންނަށް ދިމާވި ކަންކަމާއި ގުޅޭ ވާހަކަތައް ސީއެންއެމްއާއި ހިއްސާކޮށްފައެވެ.

ފާއިތުވި ހަފްތާވެސް ތިކަހަލަ ތިން ކަމެއް ދިމާވި. އެކަކީ އޭޑީކެއިން ހުޅުމާލެއަށް ގާޒީ ސްކޫލް ކައިރިއަށް ދަތުރުކުރި މީހެއް. އޭނާ ބުނީ ފޯނުގައި އިންޓަނެޓެއް ނެތޭ. އޯކޭހޭ ގެއަށް ގޮއްސަ ޓްރާންސްފާ ކޮށްލިޔަސް. ދެން އަޅުގަނޑުމެންނަށް ކޮންގޮތެއްދޯ އޮންނާނީ؟ އަޅުގަނޑުބުނީ އާނ ދެން މައްސަލައެއް ނެތޭ. އަޅުގަނޑު އެކުއްޖާގެ ފޯނު ނަމްބަރުވެސް ނެގިން. އެކުއްޖާ ދިޔަތާ އެތައް އިރެއް ވީއިރުވެސް ރުފިޔާ ޖަމައެއް ނުކުރޭ. އަޅުގަނޑު ގޮސް އެގޭގެ ކުރިމަތީވެސް މަޑުކޮށްގެން އޮތިން. ގުޅަން ހެދީމަ އެންމެ ފަހުން ފޯނުވެސް ނިއްވާލީ. ހަމަމިގޮތަށް މާލޭގައިހުރި ހުޅުމާލެ ފެރީ ޓާމިނަލުން ހުޅުމާލެއަށް ގެންދިޔަ ދަތުރަކާއި، އަދިވެސް އެހެން ދަތުރެއްގެ ފައިސާއެއް ނުލިބުނު- ޓެކްސީ ޑްރައިވަރެއް

ޑްރައިވަރެއްގެ ކިތަންމެ ކުޑަ މައްސަލައެއް އޮތްކަމުގައިވީނަމަވެސް، ވަރަށް އަވަހަށް މުޖުތަމައު ތެރެއަށް އޭނާ ނުބައި މީހެއްގެ ގޮތުގައި ފެތުރިގެންދެއެވެ. ސޯޝަލްމީޑިއާގައި އެމީހެއްގެ ފޮޓޯއާއި، ކާރު ނަމްބަރު އާންމުކޮށް، ބަދުނާމުކޮށްލައި، މުޖުތަމައު ތެރޭގައި އޭނާ ފަލީހަތްކޮށްލެވެއެވެ.

ދަތުރުކުރާ ކަސްޓަމަރެއްގެ ކިބައިން އެ ފަދަ ކަމެއް ފެނުނު ކަމުގައި ވީނަމަވެސް، ޑްރައިވަރުންނާ ދޭތެރޭ އަމަލު ކުރެވޭ ފަދައިން އަމަލު ނުކުރެވެނީ ކީއްވެބާއެވެ؟ ދަތުރުގެ އަގު ނުދައްކާ ދިއުމުން އެމީހެއްގެ ވާހަކަ މީސްމީޑިއާގައި ދައްކައެއް ނަހަދައެވެ. ކޮންމެ މީހަކު ކުރިނަމަވެސް ގޯސް ކަމެއް ވާނީ ގޯސްކަމަކަށް ނޫންހެއްޔެވެ؟ 

އެތަކެއް ޓެކްސީތަކެއް މާލޭގައި ދަތުރުކޮށްދެމުން ގެންދާއިރު، މިފަދަ އެތައް ކަމެއް ދިމާވާ ކިތައް ޑްރައިވަރަކު ތިބޭނެ އެވެ؟

ޓެކްސީ ޑްރައިވަރުންނަކީވެސް އާމްދަނީ ހޯދުމަށް ހޯދުމަށްޓަކައި މަސައްކަތްކުރާ ބައެކެވެ. އެއީވެސް އެމީހުން ދިރިއުޅުމަށްޓަކައި ކާންބޯން ކުރާ މަސައްކަތްކަން ދިވެހީންނަށް އެނގެން ޖެހެއެވެ.

މުޅި ދުނިޔެއަށް ދިމާވި ނުރައްކާތެރި ކޮވިޑުގެ ބަލިމަޑުކަމުގައިވެސް، އަމިއްލަ ސިއްހަތަށާއި، އާއިލާ އާއި، ލޯބިވާ މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންވެސް އެމީހުން ވަނީ ރައްޔިތުންނަށްޓަކައި އެރިސްކު ނަގައި، ވަކި ތަނެއް ވަކި ވަގުތެއް ނުބަލައި ހިދުމަތް ކޮށްދީފައެވެ.

މިފަދަ ކަންކަން ހުއްޓުވުމަށް އެއްވެސް ފަރާތެއްގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބޭކަން ފާހަގަކޮށް ބައެއް ޑްރައިވަރުން ވަނީ މިކަމުގައި ރައްޔިތުންނާއި އިސްވެރިންގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ މަގެއް ހޯދައިދިނުމަށް އެދިފައެވެ.

65%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް