ads
މާލޭގައި އީދު ނަމާދު ބޮޑު ޖަމާތުގައި ކުރަނީ
މިއަހަރުވެސް ބޮޑުއީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރާނެ
މިއަހަރު ބޮޑު އީދު ނަމާދު އޮންނާނެކަމަށާ، އެކަމަކު ބޮޑު ޖަމާއަތެއް ނަހަދާނެކަމަށް އިސްލާމިކް މިިނސްޓްރީ އިން ބުނެފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑު ކަމާއި ގުޅިގެން މިއަހަރު ފިތުރު އީދު ނަމާދެއް ނުކުރެއެވެ. ނަމަވެސް ކޮވިޑް ހާލަތު މާލޭގައި ރަނގަޅު ވެފައިވާތީ ބޮޑު އީދު ނަމާދު ޖަމާއަތުގައި ކުރާގޮތަށް އިސްލާމިކް މިނިސްޓްރީއިން ނިންމާފައިވާ ކަމަށް  މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

މިފަހަރު އީދު ނަމާދު ޖަމާއަތުގައި އޮތްނަމަވެސް ނަމާދުކުރާނި ގައިދުރުކާމާއި އެކުއެވެ. އެހެން ނަމަވެސް ކޮވިޑްގެ ހާލަތު ނެތް ރަށްރަށުގައި އީދުނަމާދު ބޮޑު ޖަމާއަތުގައި ބާއްވަން އެދިއްޖެނަމަ ހުއްދަ ދޭން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ. 

ކޮވިޑްގެ ކޭސްތައް ގިނަވުމާއި ގުޅިގެން މިދިޔަ މެއި މަހުގެ 12 އިން ފެށިގެން މާލޭ ސަރަހައްދުގައި ޖާމާއަތުގައި ނަމާދުކުރުން ހުއްޓާލިއެވެ. އެހެންނަމަވެސް މިދިޔަ ޖޫންމަހު ދިން ލުއިތަކާއިއެކު މިހާރުވަނީ ޖަމާއަތުގައި ނަމާދުކުރުމަށް ހުއްދަދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް