ads
އުރީދޫ ސިއްހީމަރުކަޒުގެ ޓެލެކޮންސަލްޓޭޝަން ސާމާނު ހަވާލު ކޮށްފި
ވިލުފުށީ ޓެލެކޮންސަލްޓޭޝަން ސިސްޓަމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި
އުރީދޫ މޯލްޑިވްސް އާއި ފަންބޮނޑި މޯލްޑިވްސްގެ އެހީތެރިކަމުގައި ފޭސް ޖަމުޢިއްޔާއިން ވިލުފުށީ ސިއްހީމަރުކަޒުގެ ޓެލެކޮންސަލްޓޭޝަން ސިސްޓަމަށް ބޭނުންވާ ހުރިހާ ސާމާނެއް ހަދިޔާކޮށްފިއެވެ.
Advertisement

ވިލުފުށީ ފުޓްސެލް ދަނޑުގައި ރޭ  ބޭއްވި ފޭސް ޖަމުޢިއްޔާގެ 2ވަނަ އަހަރީ ޖަލްސާގައި މިތަކެތި ސިއްހީމަރުކަޒަށް ހަދިޔާ ކޮށްދެއްވީ ފޭސް ޖަމްއިއްޔާގެ ރައީސް މުހައްމަދު އިބްރާހިމް (ރިލްވާން)އެވެ. އަދި ވިލުފުށީ ސިއްހީމަރުކަޒުގެ ފަރާތުން މިތަކެއްޗާއި ހަވާލުވެލެއްވީ ވިލުފުށީ ސިއްހީމަރުކަޒުގެ ސީނިޔަރ އެޑްމިނިސްޓްރޭޓަރު ސިއުތު އިބްރާހިމް ކަމަށް އެކުންފުނިން ބުނެފައިވެއެވެ. 

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިލުފުށީ ސިއްހީމަރުކަޒުގެ ސީނިޔަ އެޑްމިނިސްޓްރޭޓަރު ވިދާޅުވީ ޓެލެކޮންސެލްޓޭޝަންގެ ހިދުމަތް އަޕްގްރޭޑްކުރުމަށް ފޭސް ޖަމިއްޔާއާއި އެކު ކުރެވުނީ ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށާއި އަދި ވިލުފުށީ ސިއްހީމަރުކަޒުން އޮންލައިންކޮށް، ހުޅުމާލޭ ހޮސްޕިޓަލަށް ދެއްކޭނެކަމަށެވެ. އަދި މީގެއިތުރުން އިންތިޒާމާއިއެކު ވިލުފުށީގެ ރައްޔިތުންގެ އިތުރުން އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ވެސް ސިއްހީ ހިދުމަތް ހޯދުމަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެކުންފުނިން ފާހަގަކޮއްފައިވެއެވެ. 

" ސިއްހީ ފަރުވާ ހޯދުމަށް ވިލުފުށީ ރައްޔިތުން ރަށުން ބޭރަށް ފުރައިގެން ދާންޖެހުމާއެކު، ކުރާންޖެހޭ ބޮޑެތި ހޭދަތަކަށް، ޓެލެ ކޮންސެލްޓޭޝަންގެ ހިދުމަތުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. އަދި ކައިރި ރަށްރަށުގެ ރައްޔިތުންގެ ސިއްހީ ހިދުމަތް ހޯދުމަށް ކުރަންޖެހޭ ދަތުރު އިންތިހާއަށް ކުރުވެގެން ދާނެ." ސިއުތު އިބްރާހީމް ވިދާޅުވިއެވެ. 

ޖަމިއްއްޔާގެ 2ވަނަ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުން ފޭސް ޖަމްއިއްޔާގެ ރައީސް މުހައްމަދު އިބްރާހިމް (ރިލްވާން) ވަނީ ޓެލެކޮންސެލްޓޭޝަންގެ ހިދުމަތް ފޯރުކޮށްދިނުމަށް ފަންބޮޑި މޯލްޑިވްސް އާއި އުރީދޫ މޯލްޑިވްސްއިން ދެއްވި އެހީތެރިކަމަށް ޝުކުރު ދައްނަވާފައެވެ. 

" ހަޤީގަތުގައި މުޅި ޕްރޮޖެކްޓަށް ބޭނުންވާ ހުރިހާ ތަކެތި ފޯރުކޮށްދީފައި މިވަނީ އުރީދޫ އާއި ފަންބޮޑި މޯލްޑިވްސްގެ ފަރާތުން، ވިލުފުށީ ރައްޔިތުންގެ ފަރާތުންނާއި، ފޭސް ޖަމްއިއްޔާގެ ނަމުގައި ފަންބޮނޑި މޯލްޑިސް އާއި އުރީދޫ މޯލްޑިވްސް އަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. އަދި ފަންބޮޑި މޯލްޑިވްސްއަކީ ވިލުފުއްޓަށް ނިސްބަތްވާ ކުންފުންޏަކަށްވެފައި، މި ކުންފުނީގެ ޗެއާމަން އަދި މެނޭޖިންގް ޑިރެކްޓަރުގެ ފަރާތުން މިކަމުގައި ލިބުނު އެހީތެރިކަން ފާހަގަކޮށް، މިފުރުސަތުގައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން"  މުހައްމަދު އިބްރާހިމް (ރިލްވާން) ވިދާޅުވިއެވެ. 

ފޭސް ޖަމިއްޔާގެ 2ވަނަ އަހަރީ ޖަލްސާގައި ވިލުފުށީ ކައުންސިލުގެ ރައީސާއި، ކައުންސިލް މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ. އަދި މުއައްސަސާތަކުގެ ވެރިންނާއި، ޖަމިއްޔާގެ އާންމު މެމްބަރުންވެސް ބައިވެރިވިއެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް