ދިރާގުން ބުނީ ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކްގެ ސިސްޓަމް މެއިންޓެނަންސް މަސައްކަތެއް ޖުލައި 14 ވާ ބުދަ ދުވަހުގެ ރޭ (މިރޭ) ދަންވަރު 00:00 އިން ހެނދުނު 06:00 އަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ގަޑިތަކުގެ ތެރޭގައި ބައެއް ކަސްޓަމަރުންގެ ހިދުމަތް ފަސް މިނެޓުގެ ވަގުތުކޮޅަކަށް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ދިރާގުން ބުނެއެވެ.