ads
ލ.ފޮނަދޫ މަގުމަތި
ފޮނަދޫއާއި ހިންނަވަރުގައި އެމްޓީސީސީން ހިންގާ މަޝްރޫއުތައް ކުރިއަށް ދަނީ
ދެ މަޝަރޫއުއެއްގެ މަސައްކަތެއް ހަލުވިކަމާއިއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

މިގޮތުން އެމްޓީސީސީއިން ބުނީ، ޅ.ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓު ގާ އެތުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފަކަމަށެވެ.

މިމަޝްރޫއުގެ ދަށުން 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65،170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން ހިމެނެއެވެ. 

އަދި 421 މީޓަރު ސަރަހައްދެއްގެ އެއްގަމު ތޮށި ލުމާއި، 123.9 މީޓަރު ސަރަހައްދެއްގެ ބޭރު ތޮށި ލުން ހިމެނޭއިރު މިމަސައްކަތަކީ 99.52 މިލިއަން ރުފިޔާގެ މަަޝްރޫއެއްކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ.

މީގެއިތުރުންވެސް އެމްޓީސީސީން ވަނީ ލ.ފޮނަދޫ މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ބޮޑުބައެއް ނިންމާފައެވެ. އެގޮތުން މިމަޝްރޫއުގެ މަސައްކަތުގެ 88 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ.

އަދި މިއީ 25.5 މިލިއަން ރުފިޔާގެ މަޝްރޫއުއެއްކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް