އީރާނަށް ބޮންއަޅުމަށް ހަ މަތިންދާ ބޯޓު އެމެރިކާއިން ރާއްޖެއާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ ފޯޅަވައްސަށް ގެންގޮސްފިއެވެ.

Advertisement
އީރާނަށް ބޮންއަޅުމަށް ހަ މަތިންދާ ބޯޓު އެމެރިކާއިން ރާއްޖެއާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ ފޯޅަވައްސަށް ގެންގޮސްފިއެވެ.
އައްޑޫ ސިޓީގެ ދެކުނުން 310 މޭލު ދުރުގައި އޮންނަ ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވެހި އަކީ އިނގިރޭސި ވިލާތުގެ ބާރުގެ ދަށުގައި އޮންނަ ރަށްތަކެކެވެ. ނަމަވެސް އެ ރަށްތައް އިނގިރޭސިން ވަނީ އެމެރިކާއަށް ކުއްޔަށް ދީފައެވެ.
ފޯޅަވެއްސަށް ގެންގޮސްފައިވަނީ B-52 މަރުކާގެ ބޮންއަޅާ ބޯޓުތަކެކެވެ.
މި ބޯޓުތަކަކީ އިރާނާއި ދެކޮޅަށް އެމެރިކާއިން ހިންގާ އޮޕަރޭޝަނުގައި ބޭނުންކުރާ މަތިންދާ ބޯޓުތަކެއްކަމަށް ބެލެވޭކަމަށް ސީއެންއެން އިން ވަނީ ބުނެފައެވެ.
ފޯޅަވެއްސަށް ބޯޓުތައް ގެންދިއުމުގެ ބޭނުމަކީ އީރާނުގެ މިސައިލު ހަމަލާތައް ނުފޯރާ ސަރަހައްދެއްގައި ބޯޓުތައް ބެހެއްޓުންކަމަށް ބެލެވޭކަމަށް އެ ނޫހުން ބުނެއެވެ.
އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާދެމުން ގެންދާނަމަ އެމެރިކާއިން އީރާއި ކުރިމަތިލާން ފޮނުވާނީ އެންމެ ޒަމާނީ 'ރީތި' ހަތިޔާރުކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ވިދާޅުވެފައެވެ.
އާދިއްތަ ދުވަހު އެމެރިކާއިން ދެ ޓްރިލަން ޑޮލަރު އަސްކަރީ ވަސީލަތްތަކަށް ހަރަދުކޮށްފައިވާކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
"އަހަރުމްންނަނީ އެންމެ ބޮޑު އަދި މޮޅު މުޅި ދުނިޔެއިން! އީރާނުން އެމެރިކާގެ ބޭސް އަކަށް ނުވަތަ އެމެރިކާ ރައްޔިތަކަށް ހަމަލާ ދިނަސް އަހަރުމެން ފޮނުވީ އައު އަދި ރީތީ ވަސީލަތްތައް... އެއްވެސް ފަސް ޖެހުމެއް ނެތި،" ޓްރަމްޕު ވިދާޅުވިއެވެ.
އެމެރިކާއިން ޑްރޯން ހަމަލާއެއްގައި ހުކުރު ދުވަހު މަރައިލި އީރާނުގެ ކޮމާންޑަރުގެ ގާސިމް ސޮލެމާނީގެ ހަށިގަނޑު އާދިއްތަ ދުވަހު ވަނީ އީރާނަށް ގެންގޮސްފައެވެ.
އޭނާގެ ޖަނާޒާގައި ބައިވެރިވުމަށް އެތައްބަޔަކު ވަނީ އާރާނުގެ މަގުތަކަށް ނުކުމެފައެވެ.
ސޮލެމާނީ ހުކުރު ދުވަހު މާރާލާފައިވަނީ އިރާގުގެ ބަގުދާދުގެ އެއާޕޯޓު ކައިރިން ޑްރޯން ހަމަލާއެއް ދީގެން އެމެރިކާއިންނެވެ.
އެމެރިކާގެ މި އަމަލު ކުށްވެރިކޮށް އީރާނުން ބުނެފައިވަނީ އެއީ ހަނގުރާމައިގެ އަމަލެއް ކަމަށެވެ. އަދި މިހާރު ހަނގުރާމަ ފެށިފައިވާކަމަށާއި، ރައްދުގައި އެމެރިކާއަށް ހަމަލާ ދޭނެކަމަށެވެ.
"ރައްދުވެގެން ދާނީ އެމެރިކާއަށް ނުހުއްޓުވޭވަރުގެ ކަމަކަށް. މިކަމުގެ ބަދަލު ހިފާނަން، މިއީ ހަނގުރާމައިގެ އަމަލެއް،" ކަމަށް އީރާނުން ނެރުނު ބަޔާނެއްގައި ހުކުރު ދުވަހު ބުނެފައިވެއެވެ.