ads
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު-
ބިން ބައްލަވައިގަތް ގޮތް އަމްރު ސާފުކޮށްދެއްވައިފި
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މާލެއިން އަގުބޮޑު ބިމެއް ގަތް ކަމަށް ބުނެ ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން، އެ ބިން ބައްލަވައިގަތް ގޮތް އަމްރު ސާފުކޮށްދެއްވައިފިއެވެ.
Advertisement

ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި ހިދުމަތްތެރިއެއް ކަމަށްވާ އައްނަބީލާ ހަބީބާ ހުސެއިން ހަބީބްގެ ގެކޮޅު ކަމަށްވާ ގ.ވައިލެޓް އަބީރު, 8.4 މިލިއަން ރުފިޔާއަށް ބައްލަވައިގަތުމުން ގިނަ ނޫސްތަކުގައި ވަނީ އެވާހަކަ ޖަހައި، އަމްރުއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން އަމްރުގެ މުސާރައަކީ އެއް ލައްކަ ރުފިޔާ ކަމަށާއި ވީއިރު މިހާ އަގުބޮޑު ބިމެއް ބައްލަވައިގަތީ ކިހިނެއްތޯ ސުވާލު އުފައްދާފައިވާއިރު އަމްރު ގެންގުޅުއްވާ ކާރަކާއި ގަޑިއެއްގެ ވާހަކަ ވެސް ބައެއް މީޑިއާތަކުގައި ވަނީ ޖަހާފައެވެ.

މިކަމަށް ރައްދު ދެއްވައި އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2017 ވަނަ އަހަރު ކުއްޔަށް ނަގައިގެން 3 ބުރީގެ އިމާރާތެއް ހަދައި، ރެސްޓޯރެންޓެއް ހިންގަން ތައްޔާރުވި ތަނުން އެ ގޯތީގެ ވެރިފަރާތުން އެ ގޯތި ވިއްކާލުމަށް ބޭނުންވި ކަމަށާއި އެ ގޯތި އެހެން މީހަކު ގަނެފިނަމަ އަމްރު އެ ތަން ހަދަން ކުރި އިންވެސްޓްމެންޓް ގެއްލިދާނެތީ އެ ގޯތި ގަތުމަށް ހުށަހެޅީ 2019 ވަނަ އަހަރު ކަމަށެވެ.

އަމްރު ވިދާޅުވީ ވެރިފަރާތުން އެ ބިން އަމްރުއަށް ވިއްކަން ބޭނުން ވުމުން ބޭންކަށް ފައިނޭންސް ހޯދުމަށް ހުށަހެޅިކަމަށެވެ. ލޯން އެޕްރޫވް ކޮށްފައިވަނީ އަމްރު ކޮށްފައިވާ އިންވެސްޓްމެންޓަށް ބެލުމަށް ފަހުކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއީ، 2017 ވަނަ އަހަރު ކޮށްފައި ހުރި އިންވެސްޓްމެންޓަކަށްވީ ނަމަވެސް މިވަގުތު ސިޔާސީ މަޤާމެއްގައި ހުރުމުން 2017 ގައި އިންވެސްޓްކޮށްފައި ހުރި ފައިސާއަކީ ހަލާލު ފައިސާކަން ޔަގީން ކުރުމަށް ފަހު ލޯނު އެޕްރޫވްކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

ދައުރުވަމުންދާ ކާރާއި ގަޑީގެ ވާހަކައަށް ރައްދު ދެއްވަމުން އަމްރު ވިދާޅުވީ އެ ކާރަކީ އެސްޓީއޯގެ ކާރެއް ކަމަށާއި އެ ގަޑިއަކީ މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިންވެސް އަމްރު އަތުގައި އޮތް ގަޑިއެއް ކަމަށެވެ. އަމްރު ވިދާޅުވީ ހަގީގަތް އެނގިތިބެ ވެސް، މީހުންގެ އަގުވައްޓާލުމަށް މިފަދަ ވާހަކަތައް ފެތުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.

40%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
45%
ވަރަށް ސަލާމް
ކޮމެންޓްސް