ads
އެޑިއުކޭޝަން މިނިސްޓަރު--
އެޑިޔުކޭޝަން މިނިސްޓްރީން ޓޭމްގެ ބަޔާން ކުށްވެރިކޮށްފި
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޓީޗާޒް އެސޯސިއޭޝަން މޯލްޑިވްސް (ޓޭމް)ން ނެރުނު ނޫސް ބަޔާން ކުށްވެރިކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ޓޭމްގެ ނޫސް ބަޔާން ކުށްވެރިކޮށްފައިވަނީ، އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް، 6 މުދައްރިސަކަށް އެކިކަހަލަ ފުރައްސާރައާއި، ބައެއް ޓީޗަރުންނަށް ޖިންސީ ފުރައްސާރަކުރިކަމަށް ބުނެ ޓޭމްއިން ނެރުނު ބަޔާނަކާއި ގުޅިގެންނެވެ. ޓޭމްއިން ވަނީޖިންސީ ފުރައްސާރައިގެ އަމަލު ސާބިތުވީނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށް މައްސަލަތަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އަނިޔާކުރި ޕްރިންސިޕަލަށް ހިމާތަޔްދިންކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި، އިއްޒުއްދީން ސްކޫލްގެ 4 ޓީޗަރަކު މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރުމަށް އިއްޔެ އަންގާފައިވަނީ، މިއަހަރު ކުރީކޮޅު އިއްޒުއްދީންގެ 4 ލީޑިން ޓީޗަރުން އެއްފަހަރާ އިސްތިއުފާ ދިނުމާއި ގުޅިގެން ކަމަށާއި، މިކަމުގެ ސަބަބުން ސްކޫލްގައި އުފެދުނު ނުތަނަވަސްކަން ހައްލުކުރުމަށް ކަމަށެވެ. އަދި އެއީ ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅުންހުރި ކަމެއް ނޫންކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓީޗަރުން ބަދަލުކޮށްފައިވަނީ ޕްރޮފެޝަނަލް މިންގަނޑުތަކާއި އެއްގޮތަށް ހިންގުނު ލީޑަޝިޕް އެންޑް މެނޭޖްމަންޓު ރިވިއުއަށް ރިއާޔަތްކޮށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް އަސަރުކޮށްފައިވާކަމަށާއި، ފިޔަވަޅު އެޅިކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އެމައްސަލަ ހައްލުކުރުމަށް ކޮމެޓީއެއް އެކުލަވާލައި އެކޮމެޓީގެ ލަފައާއި އެއްގޮތްވާގޮތުގެ މަތިން ބައެއް ޓީޗަރުން ދިރާސީ އަހަރު ފެށޭއިރަށް ބަދަލުކޮށްފައިވާނެކަމަށެވެ.

މީގެ އިތުރުން ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކީ އެމިނިސްޓްރީން ސީރިއަސްކަމާއިއެކު ބަލަމުންގެންދާ މައްސަލަތަކެއްކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީންވަނީ ހަގީގަތް ނުބަލައި މައްސަލަ އޮޅޭގޮތަށް މައުލޫމާތު ނުގެނައުމަށާއި، ހަގީގަތުގެ މައްޗަށް ބަޔާންތައް ނެރުމަށް އިލްތިމާސްކޮށްފައެވެ.

ޓީއޭ އިން ނެރުނު ބަޔާނުގައިވަނީ ޖިންސީ މައްސަލައިގެ ފުރައްސާރައަށް ވީ ޓީޗަރުންނަށް، ޓީޗަރުންގެ ބެލެނިވެރިންނަކީ އެޑިއުކޭޝަން މިނިސްޓްރީ ކަމުގައިވާހިނދު، އެމިނިސްޓްރީން ޓީޗަރުންގެ ހައްގުތަކަށް ބޭއިންސާފުވެފައިވާކަމަށް ބުނެފައެވެ. އަދި އެއީ އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކުރާ ކަމެއްކަން ފާހަގަކޮށް ޓީއޭއިން ވަނީ މިމައްސަލަ ރައްދުވާ ފަރާތުގެ މަސްލަހަތު އިސްކޮށް، ޕްރިންސިޕަލް ހިމާޔަތްކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ކުރުން ހުއްޓާލުމަށް ގޮވާލާފައެވެ.

މީގެއިތުރުން، ގާނޫނީ ގޮތުން މިފަދަ އަމަލުތަކާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށާއި، ޖިންސީ ފުރައްސާރައިގެ އަމަލުތައް ހިންގާ މީހުންނަށް ހިތްވަރު ލިބޭ ފަދަ މޭރުމުން އަމަލު ނުކުރުމަށްވެސް ޓީއޭއިން ގޮވާލައިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް