ads
ފިލްމް ޒިންދަގީ ނާމިލޭންގީ ދޮބާރާ
ފިލްމް "ޒިންދަގީ ނާ މިލޭންގީ ދޮބާރާ" އަށް ދިހަ އަހަރު ފުރިއްޖެ
އިންޑިޔާގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމް ކަމަށްވާ ޒިންދަގީ ނާ މިލެންގީ ދޮބާރާ އަށް 10 އަހަރު ފުރިއްޖެއެވެ.

އެ ފިލްމުން ތަރިންގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ، އަބޭ ޑިއޯލް، ރިތިކް ރޯޝަން، ފަރްހާން އަހްތަރް، ނަސީރުއްދީން ޝާހް، ކެޓްރީނާ ކައިފް  އަދި ކަލްކީ ކޯޗްލިންއެވެ.

މި ފިލްމަކީ ވަރަށް ތަފާތު ފިލްމަކަށްވާއިރު، ފިލްމަށް ވަރަށް ބޮޑު ތަރުހީބު ލިބިފައިވެއެވެ. އަދި މިފިލްމުން އެންމެ މަޝްހޫރު ވެގެން ގޮސްފައިވާ އެއްލަވައަކީ 'ސެނޮރީތާ" އެވެ. މި ލަވައިގެ މިއުޒިކަކީ ބޮލީވުޑްގެ އެހެން ލަވަތަކުގެ މިއުޒިކާ އަޅާބަލާއިރު ތަފާތު މިއުޒިކެކެވެ. އަދި މި ލަވަ ކިޔާފައިވަނީ މި ފިލްމްގެ އެކްޓަރުން  އަބޭ، ފަރްހާން އަދި ރިތިކްއެވެ. 

ފިލްމުގެ ބިހައިންޑް ދަސީން ވީޑިއޯއެއްގައި ޕްރޮޑްކްޝަން ޑިޒަިނަރު ބުނެފައިވަނީ މި ލަވާއިގައި ބޭނުން ކޮށްފައިވާ ތަފާތު ހުރިހާ ހެދުމަކީވެސް މަންބާއިގައި ތައްޔާރު ކޮއްފައިވާ ހެދުންތަކެކެވެ. އަދި މިލަވައިގެ ސެޓް ތައްޔާރު ކުރުމަށް މުޅި ޓީމަށް 45 ދުވަސް ނެގިކަމަށް ބުނެފައިިވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް