ads
ރައީސްގެ ދެކަނބަލުން އިނާމް ހަވާލުކޮށްދެއްވަނީ——
6 އަހަރުގައި ޤުރުއާން ހިތުދަސްކުރި ހާފިޒް އަމަންއަށް ރައީސްގެ ހާއްސަ އިނާމެއް
އުމުރުން އެންމެ 6 އަހަރާއި 9 މަހުގައި ކީރިތި ޤުރުއާން ހިތުދަސްކުރި އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރު ބ. ހިތާދޫ، ޑެއިޒީމާގެ، އަމަން އަހްމަދު ޢާޠިފް އާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހްމަދު ބައްދަލުކުރައްވައި ހިތްވަރުދެއްވުމުގެ ގޮތުން ހާއްސަ އިނާމެއް ދެއްވައިފި އެވެ.

އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި، ރައީސްގެ ދެކަނބަލުން ވަނީ އަމަން އަށް ހޫނު މަރުހަބާއެއް ވިދާޅުވެ، އެހާ ޅަ އުމުރެއްގައި އަމަން، ކީރިތި ޤުރްއާން ހިތުދަސްކުރީތީ އެކަމަށް ތަޢުރީފް ކުރައްވާފައެވެ. އަދި އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށާއި، އަމަންގެ މައިންބަފައިން އެކަމަށްޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ، މަންމަ، ލުބާނާ މުހައްމަދަށާއި ބައްޕަ އަހްމަދު އާޠިފަށްވެސް، ރައީސް ސޯލިހް ޝުކުރު އަދާކުރެއްވިއެވެ.

އަމަން ކީރިތި ޤުރުއާން ހިތުދަސްކުރުމާގުޅިގެން، އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ފަރާތުން ދިން ތަށްޓާއި ހަނދާނީ ލިޔުން، މި ބައްދަލުކުރެއްވުމުގައި، އަމަންއާ ހަވާލުކޮށްދެއްވީ ރައީސް ސޯލިހް އެވެ. އަދި އަމަންގެ މަސައްކަތަށް ހިތްވަރުދެއްވުމުގެ ގޮތުން ހާއްސަ އިނާމެއް ރައީސްގެ ދެކަނބަލުންގެ ފަރާތުން އަމަންއަށް ދެއްވިއެވެ.

your imageއިނާމް ހަވާލުކުރުން——

މިބައްދަލުވުމުގައި ކީރިތި ޤުރުއާން ހިތުދަސްކުރުމަށް އަމަން ޝައުގުވެރިވިގޮތާގުޅޭގޮތުން ރައީސް މައުލޫމާތު އޮޅުންފިލުއްވިއެވެ. އަދި ރައީސްގެ އެދިވަޑައިގަތުމަކަށް އަމަން ކީރިތި ޤުރްއާނުގެ ކުރު ސޫރަތެއް ކިޔައިދިނެވެ.

އަމަންގެ މަންމަ ލުބާނާ އާއި، ބައްޕަ އާޠިފް ބުނީ، އަމަންއަކީ ވަރަށް ކުޑައިރުއްސުރެ ކީރިތި ޤުރުއާން އަޑުއެހުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަމުން ގެންދިޔަ ކުއްޖެއް ކަމަށެވެ. އަދި އަމަންއާ ބައްދަލުކުރައްވައި އެކަމުގެ އަގު ވަޒަންކުރެއްވި ކަމަށްޓަކައި ރައީސްގެ ދެކަނބަލުންނަށް ޝުކުރު ދެންނެވިއެވެ.

your imageރައީސް އޮފީހުގައި އޮތް ބައްދަލުވުމުގެ ތެރެއިން

އަމަން، ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށްޓަކައި ޙާފިޡު ކަމުގެ އިމްތިހާނުގައި ބައިވެރިކުރެއްވުމަށް އެކްސެލް އިންޓަނޭޝަނަލް ސްކޫލުން މިހާރުވަނީ ކީރިތި ޤުރްއާނާބެހޭ ގައުމީ މަރުކަޒަށް ހުށަހަޅުއްވާފައެވެ.

އެކްސެލް އިންޓަނޭޝަނަލް ސްކޫލަކީ 2013 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީ ކޮށްގެން އެމެރިކާގެ ކަރިކިޔުލަމަކަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. އަދި ކޯ ކަރިކިޔުލަމްގެ ގޮތުގައި ކީރިތި ގުރުއާން ، އިސްލާމް، އަރަބި އަދި ދިވެހިބަސް އެ ސްކޫލުގައި ކިޔަވައިދެމުން ގެންދެއެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް