ads
ސިވިލް ސާވިސް ކޮމިޝަން ހިންގަމުން ގެންދާ ވެލާނާ ބިލްޑިން
އެސޖީން ނެގުމުގައި ނުފެންނަ ކަމަށް ލަފާދޭ މީހަކާ މެދު ގޮތެއް ނިންމާނީ ސީއެސްސީން
ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މަޤާމަށް އައްޔަނު ނުކުރުމަށް ކައުންސިލަކުން ލަފާދީފައިވާ މީހަކާ މެދު ގޮތެއް ނިންމާނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ކަމަށް ކަނޑައަޅައިފި އެވެ.
Advertisement

ކޮމިޝަނުން ބުނިގޮތުގައި ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަނުކުރާނީ "ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ އުޞޫލު 2021" ގައިވާގޮތުގެމަތިން ކަމަށާއި އެ އުސޫލު ބުނާގޮތުން އެ މަޤާމަށް އެ މީހަކު އައްޔަނުކުރުމަށް ނުފެންނަ ކަމަށް ކައުންސިލުން ދޭ ލަފާގައި އެކަށީގެންވާ ސަބަބެއް އޮތްކަމަށް ފެންނަ ނަމަ އެ މީހަކު ދޫކޮށްލުމަށް ފަހު އެ މަގާމަށް ޕޮއިންޓް ލިބުނުގެ ގޮތުގެ ޝީޓް (A2) އިން އެންމެ މަތިން ޕޮއިންޓް ލިބުނު ގޮތުގެ ތަރުތީބުން، މީހަކު އައްޔަނުކުރުމުގައި ގަވައިދުގައިވާ ގޮތުގެ މަތިން އަމަލު ކުރާނެކަމަށެވެ.

ކޮމިޝަނުން ބުނިގޮތުގައި ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ތައުލީމާއި ތަޖުރިބާއާއި އިމްތިހާން އަދި އިންޓަވިއުގެ ނަތީޖާއަށް ބަލައި، މަގާމަށް އެންމެ ގާބިލުކަމުގައި ކަނޑައެޅޭ، އެ މަގާމަކަށް މީހަކު ހޮވުމަށް ތައްޔާރުކުރެވޭ "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް" (A2) އިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނުކުރުމާ މެދު އެ ކައުންސިލެއްގެ ލަފާ ހޯދުމަށް ފޮނުވުނުވާނެއެވެ.

އެއަށްފަހު، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނުކުރުމަށް ފޮނުވާ ފަރާތާ ގުޅޭ ގޮތުން ކައުންސިލުން ދޭ ލަފާއާ އެކު އެ މަގާމަށް ހޮވިފައިވާ ފަރާތް އައްޔަނުކުރުމަށް ކޮމިޝަނުން ނިންމާނެއެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 59-1 ވަނަ މާއްދާގެ (ހ) އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 126 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަނު ކުރާނީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 38 ވަނަ މާއްދާ އަދި "ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ އުޞޫލު 2021" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. އިސްވެ ދެންނެނުވުނު ގާނޫނީ ހަމަތަކުގެ މަތިން، ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަނުކުރުމުގައި އެ ކޮމިޝަނުން ޢަމަލުކުރާނީ މަތީގައިވާ ގޮތުގެ މަތިންކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް