ads
އެސްޓީއޯއިން ވިއްކަމުންދާ ޑެވޮންޑޭލް ކިރު
އެސްޓީއޯއިން ޑެވޮންޑޭލް ކިރުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
އެސްޓީއޯއިން ޑެވޮންޑޭލް ކިރުގެ ހާއްސަ ޕްރޮމޯޝަނެއް ބުރާސްފަތި ދުވަހު ފަށައިފިއެވެ.

އެސްޓީއޯއިން މައުލޫމާތުދިން ގޮތުގައި ޖުލައި ފަނަރައިން ފެށިގެން ނޮވެމްބަރު މަހުގެ ފަނަރައަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން އެއްހާސް ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެކަމަށެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އެސްޓީއޯ ސުޕަމާޓް، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރގެ އިތުރުން އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކުންކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. 

މި ޕްރޮމޯޝަން ނިމުމުން ގުރު އަތުން ހޮވޭ ފަރާތަކަށް ދިނުމަށް ކަނޑައަޅާފައިވަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ތަކެތި ހިމެނޭ ހާއްސަ ގިފްޓް ހެމްޕާއެކެވެ. އެސްޓީއޯއިން ބުނީ ޕްރޮމޯޝަންގެ ދަށުން ޑެވޮންޑޭލް ފުލްކްރީމް އެއް ލީޓަރ ޕެކެޓް ވިއްކަމުންއައި އަގުތަކަށްވެސް ހެޔޮބަދަލުތަކެއް ގެނެސްފައިވާކަމުގައެވެ. އެ ގޮތުން ފުލްކްރީމް އެއް ލީޓަރ ޕެކެޓެއް 23 ރުފިޔާއަށް ވިއްކާއިރު ދެ ޕެކެޓް ނަންގަވާނަމަ 40 ރުފިޔާއަށް ދެ ޕެކެޓް ލިބިގެންދާނެކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް