ޖިރޫ އޭސީ މިލާނަށް ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައެވެ.
ފްރާންސްއާ އެކު ދެހާސް އަށާރަވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ އުމުރުން ތިރީސް ހަތަރު އަހަރުގެ ފޯވާޑު ޖިރޫ، އޭސީ މިލާނަށް ބަދަލުވިކަން އެ ކްލަބުން ރަސްމީކޮށް ހާމަކުރީ މިއަދުއެވެ. ޗެލްސީގެ ކުރިން ޖިރޫ ކުޅުނީ އާސެނަލްއަށެވެ. ޗެލްސީއަށް މީގެ ތިން އަހަރު ކުރިން އާސެނަލްއިން ބަދަލުވުމަށް ފަހު ޖިރޫވަނީ އިނގިރޭސި އެފްއޭ ކަޕާއި ޔޫރޮޕާ ލީގު އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.