ads
ކެޓްރީނާ، ސަލްމާން އަދި ވިކީ ކައުޝަލް
ކެޓްރީނާ ކައިވެނި ކުރަނީ؟
ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ކެޓްރީނާއަށް މިހާރު 40 އަހަރު ވާން ކައިރިވަނީ އެވެ. ފޭނުން ތިބީ ކެޓްރީނާ ޒަވާޖީ ހަޔާތެއް ފަށާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

 އިއްޔެ އަކީ ކެޓްރީނާގެ އުފަންދުވަހެވެ. އުފަންދުވަހު ކެޓް އަށް ވިޝްކުރުމަށްޓަކައި ކެޓްރީނާ އާ ސަލްމާންގެ ގާތް ރަހުމަތްތެރިއެއްކަމަށްވާ ސްޓައިލިސްޓް އެޝްލޭ ރެބެލޯ ވަނީ ކެޓްރީނާ ހުދުކުލައިގެ ކައިވެނީގެ ހެދުމެއް ލައިގެން އިން ފޮޓޯއެއް ހިއްސާކޮށް އޭނާއަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުވާފަ އެވެ.

ނަމަވެސް ގިނަ ބަޔަކަށް އަޅައިގަތީ ފޯޓޯ ކެޕްޝަންގައި އިތުރަށް ލިޔެފަ އިން ފޮޅުވަތެވެ.

އޭގައި އޮތީ އަވަސް މުސްތަގްބަލެއްގައި އެ ދުވަސް އަންނާނެ ކަމަށް އިންތިޒާރު ކުރާ ކަމަށެވެ. 

އެއާއެކު ކެޓް އާއި ވިކީ ކައުޝަލް ކައިވެނިކުރަން އުޅޭކަމުގެ އަޑު މިވަނީ ގަދަވާން ފަށާފަ އެވެ. 

އުމުރުން 38 އަހަރުގެ ކެޓްރީނާ އޭނާ ވަކި މީހަކާ ރައްޓެހިވެގެން އުޅޭ ކަމެއްވެސް އަދި ހުސްކޮށް ހުރިކަމެއްވެސް ހާމަކޮށްފައި ނުވާއިރު ވިކީ ބުނަނީ އޭނާ ޒާތީ ދިރިއުޅުމުގެ ވާހަކަތަކަކީ ހިއްސާކުރަން ބޭނުން ނުވާ ހަމައެކަނި ވާހަކަ ކަމަށެވެ.  

އަދި މިހާތަނަށް ދެ ތަރިން ވެސް އެކަހަަލަ އެއްވެސް ކަމަކަށް އެއްބަސްވެފައި ނުވާއިރު ގިނަ ބަޔަކު އަންނަނީ އެ ދެ ތަރިންގެ ކައިވެނީގެ އިންތިޒާރު ކުރަމުންނެވެ.

ކެޓްރީނާ ވަނީ މީގެ ކުރިން ރަންބީރު ކަޕޫރާއި ރައްޓެހިވެފަ އެވެ. ހަ އަހަރު ވަންދެން ރަންބީރާއި ރައްޓެހިވެގެން އުޅުމަށް ފަހު އެ ދެ ތަރިން ވަކިވިއެވެ. ވިކީ ކައުޝަލް ވެސް ވަނީ 2019 ވަނަ އަހަރު އޭނާގެ ލޯބިވެރިޔާ ހަރްލީން ސޭތީ އާ ވަކިވެފަ އެވެ. 

ނިމިދިޔަ 2020 އަހަރުން ފެށިގެން ކެޓްރީނާ ވިކީ ރައްޓެހިވެގެން އުޅޭކަމުގެ ވާހަކަތައް ވަނީ ދެކެވެން ފަށާފަ އެވެ. ސަބަބުތައްވެސް އެހާ ގިނަ އެވެ. ވިކީ ވަނީ ކޮވިޑްގެ ހަރުކަށި ލޮކްޑައުންގެ ތެރޭގައި ވެސް ކެޓްރީނާ ދެކެން އޭނާގެ ގެއަށް ގޮސްފަ އެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް