ads
ައަނުޝްކާ އަދި ވިރާދު އެ މީހުންގެ ބޮޑީ ގާޑާއިއެކު
އަނުޝްކާ އާއި ވިރާޓްގެ ބޮޑީގާޑުގެ މުސާރަ ހައިރާންވާހާ ބޮޑު
އިންޑިއާގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ބަތަލާ އަނުޝްކާ ޝަރުމާ އާއި ފިރިމީހާ، ކްރިކެޓް ތަރި ވިރާޓް ކޯލީގެ ބޮޑީގާޑް ޕްރަކާޝް ސިންގް (ސޯނޫ) އަށް އަހަރަކަށް މުސާރައިގެ ގޮތުގައި 1.2 ބިލިއަން ރުޕީސް (160,186 ޑޮލަރު) ލިބެ އެވެ. އެއީ ދިވެހި ރުފިޔާ އިން ނަމަ 2.5 މިލިއަން ރުފިޔާ އެވެ.

އަނުޝްކާ އާއި ވިރާޓަކީ ވަރަށް މަޝްހޫރު ސެލެބްރިޓީންނަށްވެފައި އެ މީހުން ދާ ކޮންމެ ތާކުން ގިނަ އަދަދެއްގެ ފޭނުން ޖަމާވެ، ހަށިފުރާނަ ހިމާޔަތްކުރަން ބޮޑު އިސްކަމެއް ދޭން ޖެހޭތީ ބޮޑީގާޑްގެ ދައުރު އަބަދު ވެސް ވަރަށް ބޮޑެވެ. 

އަނުޝްކާ އަކީ ބޮލީވުޑުން ބޮޑު އާމްދަނީ ލިބޭ ބަތަލާއިންގެ ތެރެއިން އެކަކަށްވެފައި، އިޝްތިހާރުކޮށްދޭ ގިނަ ބްރޭންޑްތަކުން ވެސް ބޮޑު އަގެއް ލިބޭ ބަތަލާއެކެވެ. އަދި އަމިއްލަ ފިލްމު ކުންފުންޏެއް ހިންގުމުގެ އިތުރަށް އެހެނިހެން ބައެއް ވިޔަފާރިތައް ވެސް އޭނާ ކުރެ އެވެ.

ހަމަ އެގޮތަށް ކްރިކެޓުން ބޮޑު އާމްދަނީއެއް ވިރާޓަށް ލިބޭ އިރު، ބްރޭންޑްތައް އިޝްތިހާރުކޮށް ދީގެންނާއި އަމިއްލަ ވިޔަފާރިތަކުން ވެސް އޭނާ އަށް ބޮޑު އާމްދަނީއެއް ލިބެ އެވެ.

އަނުޝްކާ އާއި ވިރާޓްގެ މިހާރު ދަރިޔަކު ވެސް އޮތުމުން ބޮޑީގާޑް ސޯނޫގެ ދައުރު އަދި ކުރިއަށް ވުރެ ވެސް ބޮޑުވާނެ އެވެ. އެހެންވެ އޭނާގެ މުސާރަ އަދިވެސް ބޮޑުވުމަކީ ހަމަ، ވުން އެކަށީގެންވާ ކަމެކެވެ.

0%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް