އެކަން އިއުލާނުކޮށް އޭނާ ވަނީ އޭނާ ގެ އިންސްޓާގުރާމަށް އެ ފިލްމުގެ ސެޓްގައި ނަގާފައި ހުރި ފޮޓޯތަކެއް ލާފައެވެ. ބައެއް ފޮޓޯތަކުން އޭނާ އާއި ކަންގަނާގެ މޫނު ނުފެންނަހެން އޭނާ ވަނީ ކަނޑާލާފައެެވެ. އޭނާ އެކަން ކޮށްފައިވަނީ އޭނާ އަދި ކަންގަނާގެ ކެރެކްޓާގެ ލުކް ދައްކަން އަދި މާ އަވަސް ކަމަށް ބުނުމަށްފަހުއެވެ.
އޭނާ ދޫކޮށްލި ފޮޓޯއާއި އެކު އޭނާ ވަނީ ވަރަށް އަސަރުގަދަ މެސެޖެއްވެސް ލިޔެފައެވެ. އެ މެސެޖުގައިވާ ގޮތުން ވަރަށް ބޮޑު ހުސްކަމެއް އިހުސާސްވާކަމަށާއި ސަބަބެއް ކަމުގައި ބެލެވެނީ ކަމެއް ވަރަށް ކުރާހިތުން ކުރުމަށް ފަހު އެކަން ނިމުންކަމަށެވެ. އޭނާ އިތުރަށް ބުނި ގޮތުގައި މި ޝޫޓިނާއި އެކު ވަރަށް ބައިވަރު ހަނދާންތަކެއް ވާކަމަށާއި އެއީ ވަރަށް ހާއްސަ ހަދާންތަކެއް ކަމުގައެވެ. އޭނާ ވަނީ އޭނާ އާއި ކަންގަނާ ގެ ފޮޓޯތައް ވަކި ހިސާބަކުން ކަނޑާލާފައިވާތީ އެކަމަށް މާފަށްވެސް އެދިފައިއެވެ. އޭނާ ބުނިގޮތުގައި އެކަން އޭނާ ކުރީ އަދި އޭނާއާއި ކަންގަނާގެ ކެރެކްޓާ އާންމުންނައް ދައްކާލާ ވަގުތުނުޖެހޭތީކަމަށެވެ. އޭނާ ވަނީ މި ފިލްމުގެ ކްރޫއިންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި މި ފިލުމުގެ ސްޓަންޓުތައް ހަދާދީފައިވާ ކޮރެއާގެ އާޓިސްޓުންނަށްވެސް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ.
ކަންގަނާ ވަނީ ދާދި ފަހުން އޭނާ އެ ފިލުމުން ފެނިގެންދާ ލުކް އާންމުންނަށް އޭނާ ގެ އިންސްޓާގުރާމް މެދުވެރިކޮށް ދައްކާލާފައެވެ.