ads
ސުނީތާ އަލީ-- ފޮޓޯ:އަވަސް
ޕްރިޔަންކާގެ އުފަންދުވަހުގެ ތަހުނިޔާ ސުނީ ކީ އޭނާ ނަށާފައިވާ ލަވަަޔަކުން
މިއަދަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ އުފަންދުވަހެއެވެ.

އެތައް ފޭނުންނެއްގެ އުފަންދުވަހުގެ ތަހުނިޔާ ޕްރިޔަންކާއަށް ލިބެމުންދާއިރު، ހަމަގައިމުވެސް ތަހުނިޔާ ނުކިޔާ ދޫކޮށް ނުލާނެ އެކަކަށް ވާނީ ރާއްޖޭގެ ކުޅަދާނަ ނެށުންތެރިއާ ސުނީތާ އަލީއެވެ. 

އޭނާ ވަނީ ދުވަހުގެ ތަހުނިޔާ ޓްވިޓާގައި އާއްމުކޮށްފައެވެ. ސުނީ ޕްރިޔަންކާއަށް އުފަންދުވަހުގެ ތަހުނިޔާ މިފަހަރުވެސް ކީ ޕްރިޔަންކާގެ ލަވަޔަކަށް ސުނީ ނަށާފައިވާ ލަވަަޔަކުންނެވެ. 

ޕްރިންޔާކާގެ ލަވަތަކަށް ލޯބިކުރާ ސުނީ ވަނީ މީގެ ކުރިންވެސް ޕްރިޔަންކާގެ އެންމެ މަޝްހޫރް ލަވަތަކުގެ ކަލެކްޝަންއެއް ހަދާ އެ ލަވަތަކަށް އެކްޓުކުރުމަށްފަހު އަލްބަމެއްވެސް ތައްޔާރުކޮށްފައެވެ. އަދި އެ އަލްބަމް އެނާ ވަނީ ޕްރިޔަންކާއަށް އަށް ހަދިޔާއެއްގެ ގޮތުގައި ދީފައެވެ. 

ސުނީ ފާހަގަކުރެވެނީ ޕްރިޔަންކާގެ އެންމެ ބޮޑު ފޭނުންނެގެ ތެރޭގައެވެ. މިދުޔަ މެއި މަހުގެ 28 ވަނަ ދުވަހު ސުނީތާއަށް 44 އަހަރު ފުރުނު އުފަންދުވަހުގެ ތަހުނިޔާ ޕްރިޔަންކާވެސް ވަނީ ފޮނުވާފައެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް