ads
ގެފުޅު ސަރަހައްދު--
ގެފުޅުގެ އުރަކޮޅު ބަދަލުކޮއްފި
ގެފުޅުގެ އުރަކޮޅު ބަދަލު ކޮށްފިއެވެ. ހައްޖު ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން ފާހަގަކުރާ މަތިވެރި ދުވަހެކެވެ.

ހައްޖު ދުވަހު ގެފުޅުގެ އުރަކޮޅުބަދަލު ކުރުމަަކީ ކޮންމެ އަހަރެއްގެވެސް ހައްޖު ދުވަހުގައި ކުރާކަމެކެވެ.

ގެފުޅުގެ އުރަކޮޅުގެ ބަރުދަނުގައި 670 ކިލޯ ހުންނައިރުު، އުރަކޮޅު ފަހާފައި ވަނީ އެންމެ މޮޅު ކަޅު ސިލްކުންނެވެ. އަދި ކަޅު ސިލްކުން ހަދާފައިވާ އުރަކޮޅުގައި ގުރުއާންގެ އާޔަތްތަކާއި މާތްﷲ ގެ އިސްމުފުޅު ލިޔެފައި ހުންނަނީ ރަނާއި، ރިހީގެ ރޮދިންނެވެ. މިކަމަށް 120 ކިލޯ ރަނާއި، 100 ކިލޯ ރިހި ބޭނުން ކުރެއެވެ.

ކޮންމެ އަހަރަކުވެސް އެތަށް މިލިޔަން ބަަޔަކު ހައްޖުގެ އަޅުކަމުގައި ބައިވެރިވިނަމަވެސް، މި އަހަރު ކޮވިޑް-19 އާއި ގުޅިގެން ހައްޖުގައި ބައިވެރިކުރަން ސައުދީ އަރަބިއްޔާ އިން ނިންމާފައިވާ 60،000 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ ސައުދީ ރައްޔިތުންނާއި ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މުސްލިމުންނެވެ. އަދި ހައްޖުގައި ބައިވެރިވާ 60،000 މީހުންނަކީ ވެސް ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް