ads
ފޮޓޯ: ޓައިމްސް އޮފް އައްޑޫ
މޮނީޓަރީންގެ ހާލަތުގައި އޮތް ރަށްތަކުގެ އަދަދު މަދު ވެއްޖެ
ކޮވިޑް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ މޮނީޓަރިންގެ ހާލަތަށް ލާފައިވާ ރަށްތަކުގެ އަދަދުމަދުވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާރު  މޮނީޓާރިން ގެ ހާލަތުގައި އޮތީ ޖުމްލަ 15 ރަށެއްކަމަށެވެ. އެއީ ގދ ތިނަދޫ، ސ މަރަދޫ، ސ މަރަދޫ ފޭދޫ، ސ ހިތަދޫ، ،ސ ފޭދޫ، ފ ފީއަލީ، ޏ ފުވައްމުލަކު، ގއ ވިލިނގިލި، އއ ތޮއްޑޫ، ރ ދުވާފަރު، ގއ ކޫއްޑޫ ހއ ދިއްދޫ، ރ މީދޫ، ކ ގުރައިދޫ، ށ ފޯކައިދޫ، ގދ ނަޑެއްލާ، ކ ކާށިދޫ އަދި އއ ރަސްދޫއެވެ.

މީގެ ތެރެއިން ގދ. ތިނަދޫ މޮނީޓަރިން އަށް ލާފައިވަނީ މި އަހަރު އޭޕްރިލް މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އައްޑޫ ސިޓީގެ މަރަދޫ، މަރަދޫ ފޭދޫ، ހިތަދޫ، ފޭދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުއެވެ. މީގެ އިތުރުން ފ ފީއަލީ މޮނީޓަރިންއަށް މިއަހަރުގެ މޭމަހުގެ 2 ވަނަ ދުވަހު ލާފައިވާއިރު ޏ ފުވައްމުލަކު މޮނީޓަރިންއަށް ލާފައިވަނީ ހަމަ އެ މަހުގެ 6 ވަނަ ދުވަހުއެވެ. 

ގއ ވިލިނގިލި މޭމަހުގެ 15 ވަނަ ދުވަހު މޮނީޓަރިންނަށްލީ އިރު އއ ތޮއްޑޫ މޮނީޓަރިން އަށް ލާފައިވަނީ 24 ވަނަ ދުވަހުއެވެ. އަދި ރ.ދުވާފަރު މޮނީޓަރިންނަށް ލާފައިވަނީ ހަމަ އެ މަހުގެ 25 ވަނަ ދުވަހުއެވެ. ގއ ކޫއްޑޫ 12 ޖޫންގައި މޮނީޓަރިން ލީއިރު ހއ ދިއްދޫ މޮނީޓަރިންނަށް ލާފައިވަނީ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.  ރ މީދޫ 30 ޖޫންގައި މޮނީޓަރިންނަށް ލާފައިވާއިރު ކ ގުރައިދޫ މޮނީޓަރިންނަށް ލާފައިވަނީ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ. އަދި ށ ފޮކައިދޫ، ގދ ނަޑެއްލާ އަދި ކ. ކާށިދޫ މޮނީޓަރިންނަށް ލާފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. އަދި އއ ރަސްދޫ މޮނިޓާރިންއަށް ލާފައިވަނީ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ.  

އެޗްޕީއޭއިން މިމައުލޫމާތުތައް އަޕްޑޭޓްކޮށްފައިވަނީ މިމަހުގެ 18 ވަނަދުވަހުއެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް