ads
ހިޔާ ފުލެޓްތައް
ހިޔާ ފްލެޓްތަކަށް އަންނަ މަހު ކަރަންޓް ދެނީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް އަންނަ މަހު ކަރަންޓް ދޭން އެޗްޑީސީން މަސައްކަތް ފަށައިފިއެވެ.

ހިޔާގެ 7000 ޔުނިޓަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ހަވާލުކުރި ޗައިނާގެ ބްރައުންސް ސީމެކްއިން ވަނީ ކަރަންޓުގެ މަސައްކަތް ނިންމާލުމަށް ފަހު އެޗްޑީސީއާ ހަވާލުކޮށްފައެވެ.

އެޗްޑީސީން މިއަދު ބުނީ އެ މަސައްކަތް ކޮށްފައިވަނީ ސްޓެލްކޯގެ އެހީތެރިކަމާއެކުކަމަށެވެ. މިހާރު ކުރިއަށްދަނީ ޓަވަރުތަކުގެ ސަބްސްޓޭޝަންސް ގުޅާލުމުގެ ފަަހުގެ މަސައްކަތްތަކެވެ. މިއަދު ފެށި އެ މަސައްކަތް އެއްކޮށް ނިންމައި އަންނަ އޮގަސްޓު މަހު 17 އަށް ކަރަންޓު ފޯރުކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުންޏެ އެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ އެގްރީމެންޓް ސޮއިކުރުމުގެ މަސައްކަތް ވަނީ މި މަހުގެ 14 ވަނަ ދުވަހު ފަށާފާއެވެ.  އެގްރީމެންޓްގައިވާ ގޮތުން ކަރަންޓު ގުޅައިދެވެނީ 2000 ރުފިޔާއަށެވެ.

ފްލެޓްތައް ލިބުނު މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުލީގެ މައްސަލައެވެ. ކުލިކުުޑަކޮށްދޭން މަޖިލީހަށް ވަނީ ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.

ސަރުކާރުން ބުނި ގޮތުގައި ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާއެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެއެވެ. އެހެންވިޔަސް ކުރީގެ ސަރުކާރުގައި އެ އަގު ކަނޑައަޅާފައިވަނީ ޖުމުލަ 6،600 ރުފިޔާއަށް ކަމަށް އިދިކޮޅުން ބުނެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް