ads
ޑރ. މުހައްމަދު އަލީ-- ފޮޓޯ: ވަން
އީދު ފާހަގަކުރިނަމަވެސް ގައިޑްލައިނަށް ސަމާލުވޭ: ޑރ. މުހައްމަދު އަލީ
އަޟްހާ އީދު ފާހަގަކުރިނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)ން އަންގާފައިވާ އުސޫލުތަކާއި ގަވާއިދުތަކަށް ސަމާލުވުމަށް އެތެރެހަށީގެ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު އަލީ އިލްތިމާސް ކުރައްވައިފިއެވެ.

ޑރ. މުހައްމަދު އަލީ މިހެން ވިދާޅުވީ، ކޮވިޑްގެ ތިންވަނަ ރާޅާއިއެކު، ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެ، ރާއްޖޭގެ ހާލަތު ގޯސްވެފައި ވީނަމަވެސް، އެންމެންގެ އެއްބާރުލުމާއި މަސައްކަތުން ޕޮޒިޓިވްވި މީހުންގެ އަދަދު މަދުކުރެވުމާއި ގުޅިގެން، ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކުރިއަށް އޮތް އީދު ބަންދަށް ލުއި ދިނުމާއި ގުޅިގެންނެވެ.

ޑރ.މުހައްމަދު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އީދަށް ލުއި ދިންނަމަވެސް، ކޮވިޑާއި ގުޅިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް އަމަލު ކުރުމަށް ގޮވާލައްވާފައެވެ.

މިހާލަތުގައި ކިތަންމެ ބޭނުންވިޔަސް، އެހީތެރިކަން ބޭނުންވާ އެންމެންނަށް ސިއްހީ އެހީތެރިކަން ދިނުމަކީ އުނދަގޫކަމެއްކަމަށް ފާހަގަކުރައްވައި ޑރ. ވިދާޅުވީ ކިތަންމެ ވަރަކަށް މަސައްކަތް ކުރެއްވި ނަމަވެސް ބޭނުންޖެހޭ އެންމެންނަށް ބޭނުންވާ އެހީތެރިކަން ފޯރު ނުކޮށްދެވޭކަމަށެވެ.

އަދި ކޮވިޑް-19 ގެ ސިއްހީ ނުރައްކަލުގެ ހާލަތުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންވެސް ވަކި ހިސާބަކުން ވަރުބަލިކަމާއި ހާސްކަން އިހުސާސްކުރާނެކަމަށްވެސް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް ބަލީގައި ރާއްޖޭގައި މިހާތަނަށް 217 މީހުން ވަނީ މަރުވެފައެވެ. އެންމެފަހުން މިބަލީގައި މީހަކު މަރުވެފައިވަނީ ރޭގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް