ads
އައްޒަ
މިފަހަރު ދިވެހި ތަރިންނަކަށް އީދެއްނައި
ދިވެހި ފިލްމީ ދާއިރާގައި އުޅޭ ގިނަ ފަންނާނުންނަށް މިފަހަރުގެ އަޟްހާ އީދެއް ނައެވެ.
Advertisement

ސީއެންއެމްއަށް މައުލޫމާތުދެމުން ފިލްމީ ދާއިރާގެ ގިނަ ފަންނާނުން ވަނީ އީދުގައި އެއްވެސް ކަމެއް ނުކުރާކަމަށް ބުނެފައެވެ.

ފިލްމީތަރި އައިމިނަތު ރަޝްފާ (އާޝާ) ސީއެންއެމް އަށްބުނީ މިއީދުގައި އެއްވަސް ތަނަކަށް ނުދާކަމަށާއި، އީދުގައި ހުރީ ގޭގައިކަމަށެވެ.

"ހަމަގޭގައި މިހުންނަނީ . އެއްވެސް ތަނަކަށް ނުދަން މިއީދުގައި" އާޝާ

ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވަމުން ގެންދާ ފަންނާނުންނަކީ އީދު ދުވަސްތަކުގައި އެކި ރަށްތަކަށް ގޮސް ރަށްތަކުގައި އެކިކަހަލަ ޝޯ ދިނުމުގައި ހަރަކާތްތެރިވާ ބައެކެވެ.

އެހެންނަމަވެސް މިއަހަރުގެ އީދު އެއާއި ހިލާފަށް ތަފާތުކަމަށްބުނެ ދިވެހި ފަންނާނުން ބުނީ ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ކުރުމުގެ ގޮތުން އެއްވެސް ރަށަކަށް ނުދާކަމަށެވެ. އެހެންނަމަވެސް ގޭތެރޭގައި އާއިލާ މީހުންނާއި އެކު އީދު ފާހަގަކުރަމުން ގެންދާކަމަށެވެ.

ރަޝްފާގެ އިތުރުން ދިވެހި ފަންނާނުން ކަމުގައިވާ މަރިޔަމް އައްޒައާއި، ނާޝިދާ މުހައްމަދު(ނާއްކޮ) ވެސްބުނީ މިފަހަރުގެ އީދު ފާހަގަ ކުރުމަށް އިތުރު ރަށަކަށް ނުދާކަމަށެވެ.

އަދި ގޭތެރޭގައި އާއިލާމީހުންނާއިއެކު އީދު ފާހަގަކުރާކަމަށް އެ ފަންނާނުން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މި ފަންނާނުން ފިލްމީ ދާއިރާގައި ކުރަމުން ގެންދާ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ބެލުންތެރިންނަށް ފެނިގެންދާނެކަމަށް މި ފަންނާނުން ވަނީ މައުލޫމާތުދީފައެވެ.

30%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް