ads
ފޮޓޯ: ޑެއިލީ ނިއުސް——
ލަންކާއަށް ރައީސް ކުރެއްވީ ރަސްމީ ދަތުރުފުޅެއް؟
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ސްރީލަންކާއަށް މިއަދު ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅަކީ "ރަސްމީ ދަތުރުފުޅެއް" ކަމަށް ލަންކާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

ރައީސްގެ ދެކަނބަލުން، ސްރީލަންކާއަށް ކުރައްވާ "ނުރަސްމީ ދަތުރުފުޅެއް"ގައި މިއަދު ލަންކާއަށް ފުރާވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. 

އެހެންނަމަވެސް ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ރައީސްގެ ދެކަނބަލުން ލަންކާއަށް ކުރެއްވީ "ރަސްމީ" ދަތުރުފުޅެކެވެ. އެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުން ރައީސް ލަންކާއަށް ވަޑައިގަތީ މެޑަމް ފަޒްނާގެ އިތުރުން ފޮރިން މިނިސްޓްރީގެ ޓޮޕް ލެވެލްގެ 15 ބޭފުޅުންނާއި ވެސް އެކު އެވެ. 

ލަންކާގެ ބަންޑާރަނައިކް އިންޓަނޭޝަނަލް އެއަޕޯޓަަށް ރައީސްގެ ހާއްސަ ފްލައިޓް ޖައްސާފައިވަނީ މިއަދު 11:30 ހާއިރު ކަމަަށާއި، ތިން ދުވަހުގެ "ރަސްމީ" އެ ދަތުރުފުޅަށްފަހު، ފޮރިން މިނިސްޓްރީގެ ޓޮޕް ލެވެލްގެ 15 ބޭފުޅުންނާއިއެކު ރައީސް ސޯލިހްގެ ދެކަނބަލުން އެބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވާ ހުކުރު ދުވަހު ކަމަށް އެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ. 

ތިލަދުންމައްޗަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު މިމަހުގެ 18 ވީ ހޮނިހިރު ދުވަހު ނިންމެވުމަށްފަހު މާލެ ވަޑައިގަތުމަށްފަހު ރައީސްގެ ދެކަނބަލުން މިއަދު ލަންކާއަށް ކުރެއްވި ދަތުރުފުޅަކީ ތިން ދުވަހުގެ "ނުރަސްމީ" ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެފައިވަނިކޮށް، ލަންކާގެ ނޫސްތަކުން އެއީ ފޮރިން މިނިސްޓްރީގެ ޓޮޕް ލެވެލްގެ 15 ބޭފުޅުންނާއިއެކު ކުރެއްވި "ރަސްމީ" ދަތުރުފުޅެއް ކަމަށް ރިޕޯޓްކުރާތީ "ސީއެންއެމްއިން" ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. 

"ސީއެންއެމް" އަށް މަބްރޫކް ވިދާޅުވީ، އެއީ ރައީސްގެ ދެކަނބަލުން ކުރެއްވި ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އެހެންނަމަވެސް ފޮރިން މިނިސްޓްރީގެ ޓޮޕް ލެވެލްގެ 15 ބޭފުޅުން އެދަތުރުފުޅުގައި ވަޑައިގެންނެވިތޯ ސުވާލުކުރުމުން އެކަމަށް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް