ads
އަފްގާނިސްތާންގެ ރައީސް ގަނީ ބައިވެރިވަޑައިގެން އީދު ނަމާދު ކުރައްވަނީ
އަފްގާނިސްތާނުގެ ރައީސް އީދު ނަމާދު ކުރި ވަގުތު ފަހަތުން ރޮކެޓް ހަމަލާގެ އަޑު
އަފްގާނިސްތާނުން އެމެރިކާ ސަފައިން ފައިބަމުން އަންނަމުން ދަނޑިވަޅެއްގައި ތާލިބާނުން އަންނަނީ ހަމަލާތައް ވަރުގަދަކޮށް އެ ގައުމުގެ ގިނަ ސަރަހައްދުތައް ހިފަމުންނެވެ.

ތާލިބާނުންގެ އިތުރުން އެހެން ޖަމާއަތްތަކުން ވެސް އަންނަނީ އެގައުމުގައި އަތް ގަދަ ކުރަމުންނެވެ. މިއަދުގެ އީދު ނަމާދު ވަގުތު އަފްގާނިސްތާން ރައީސްގެ ރިޔާސީ ގަނޑުވަރު ތެރޭގެ ސަރަހައްދެގައި އެގައުމުގެ ރައީސް އަޝްރަފް ގަނީ އަދި ގިނަ އަދަދެއްގެ ބަޔަކު ނަމާދު ކުރަމުން އަންނަނިކޮށް އެ ސަރަހައްދަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދީފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި ރޮކެޓް ހަމަލާގެ ބާރުގަދަ އަޑުފައްގަޑާ އެކީގައިވެސް ޖަމާތުގައި ތިބި ގިނަ މީހުން ނަމާދުގައި ކުރިއަށް ދިޔައެވެ.

ފޮނުވި ހުރިހާ ރޮކެޓެއްވެސް ގަނޑުވަރު ބޭރަށް ވެއްޓިފައިވާއިރު، ސަލާމަތީ ކަންކަން ވަރުގަދަ ރިޔާސީ ގަނޑުވަރު ރޮކެޓް ވެއްޓުނު ސަރަހައްދުން އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައެއް ނުވެއެވެ. 

އެހަމާލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ނަގާފައެވެ.

މީގެ ކުރިންވެސް އެގައުމުގެ ރިޔާސީ ގަނޑުވަރަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް