ads
ޝާހް އާއި ސަނީ އަދި ޖޫހީ ޗައުލާ
“ޑަރް”ގެ ޝޫޓިން ތެރޭ ސަނީ ރުޅި އައި ވަރުން އަމިއްލަ ފަޓުލޫނު ވީދާލި
ފިލްމް “ޑަރް”އޭ ބުނުމުން މީހުންގެ ހިތައް ފުރަތަމަ ވެސް އަންނާނީ ޝާހްރުކް ހާން އެ ފިލްމުގައި “ކި ކި ކި ކިރަން” ކިޔާ ޑައިލޮގެވެ.
Advertisement

ނަމަވެސް ޝާހް އަކީ އެ ފިލްމުގައި ނުބައި ރޯލު ކުޅުނު މީހާ އެވެ. އެ ފިލްމުގެ ބަތަލުގެ ރޯލް ކުޅުނީ އޭރުގެ މަޝްހޫރު ތަރި ސަނީ ޑިއޯލް އެވެ. 

އެ ފިލްމު ރިލީސްކުރި 1993ގެ ދުވަސްކޮޅު މީގެ 28 އަހަރު ކުރިން ސަނީ އަކީ ޝާހް އަށްވުރެ މާ ބޮޑު އަދި ކާމިޔާބު އެކްޓަރެކެވެ.

ދާދި ފަހުން “އާޕްކީ އަދާލަތު”ގެ އެޕިސޯޑެއްގައި ސަނީ ވަނީ އެ ފިލްމުގެ ޝޫޓިން ތެރެއިން އޭނާ ވަރަށް ރުޅި އައި ކަމަށާއި، ރުޅި އައި ވަރުން އަމިއްލަ ފަޓުލޫނު ވީދާލައި، އެފަހުން 16 އަހަރު ވަންދެން ޝާހް އާއި ވެސް ވާހަކަ ނުދައްކާ ކަމަށް ބުނެފަ އެވެ. 

މާ ގިނަ ބަޔަކަށް ނޭނގުނަސް ސަނީ އާއި އެ ފިލްމުގެ ޑައިރެކްޓަރު ޔަޝް ޗޯޕްރާ އާ ދެމެދު ފިލްމުގެ ކްލައިމެކްސް އާއި ގުޅޭ ގޮތުން ހޫނު ޒުވާބެއް ކުރިއަށް ދިޔަ އެވެ. އެއަށްފަހު ސަނީ ވަނީ ރުޅި އައިިސްފައި ހުރި ވަރުން އަމިއްލަ ފަޓުލޫން ވީދާލައިފަ އެވެ. 

ސަނީ ބުނީ ފިލްމުގައި އޭނާ އަކީ ކޮމާންޑޯ އޮފިސަރެއް ކަމަށާއި، އޭނާގެ ކެރެކްޓާ އަކީ “އެކްސްޕާޓް އަދި ފިޓް” ކަމަށެވެ. އެހެން ކަމުން އެހެން އަންނަ ކުއްޖަކަށް (ޝާހްގެ ކެރެކްޓާ) އޭނާ އެހާ ފަސޭހައިން ބަލި ކުރެވޭނީ ކިހިނެތްކަން ސަނީ ވަނީ ސުވާލު އުފައްދާފަ އެވެ. އަދި އޭނާއަށް ނުފެނި ޝާހްއަށް އޭނާ ގައިގަ ތަޅާ ލެވިދާނެ ނަމަވެސް އޭނާއަށް ފެނިފެނި ހުރި މީހެއް ކުރިމަތިން އައިސް ގަޔަށް “ވަޅި ވައްދާލެވޭ” ނަމަ އޭނާ ކޮމާންޑޯ އެކޭ ނުބުނެވޭނެ ކަމަށް ސަނީ ބުނެއެވެ. 

ސަނީ ބުނީ ޑައިރެކްޓަރު އޭނާ ދެއްކި ވާހަކައަކަށް ސަމާލުކަން ނުދީ ކުރިއަށް ދިޔުމުން ރުޅިއައިސް ހުރި ވަރުން އަމިއްލަ ފަޓްލޫނު ވީދާލެވުނު ކަމަށެވެ.

“ރުޅި އައިސް ހުރި ވަރުން އަހަންނަށް ނުވެސް އިނގުނު އަހަންނަށް އަހަރެންގެ އަމިއްލަ އަތުން އަމިއްލަ ފަޓްލޫނު ވީދާލެވުނު އިރުވެސް.” ސަނީ ބުނެއެވެ.

ސަނީ ބުނީ އެފަހުން ޝާހް އާއި ވެސް 16 އަހަރު ވަންދެން ވާހަކަ ނުދެކެވި ދިޔަ ކަމަށާއި، އެއީ ހިތްބުރަކަމެއް އޮވެގެން ނޫން ނަމަވެސް ވާހަކަ ދައްކަން ޖެހޭ ސަބަބެއް ނެތީމަ ކަމަށް ސަނީ ބުނެއެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް