ads
ތ. ކިނބިދޫ ---
ތ.ކިނބިދޫ އަނެއްކާވެސް މޮނީޓަރިންނަށް ލައިފި
ތ.ކިނބިދޫ އަނެއްކާވެސް މޮނީޓަރިންނަށް ލައިފިއެވެ. ތ.ކިނބިދޫ އަނެއްކާވެސް މޮނީޓަރިންނަށް ލާފައި މިވަނީ އެ ރަށުން ދެ އަހަރު ނުވާ ތުއްތު ކުއްޖެއް ކޮވިޑް 19 އަށް ޕޮސިޓިވް ވުމުންނެވެ.

ސީއެންއެމަށް މައުލޫމާތު ދެއްވަމުން ތ.ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސެން ވިދާޅުވީ އެ ކުޑަކުއްޖާގެ އާއިލާއިން ރަށަށް ދިއައީ މާލޭން ކަމަށާއި ރަށަށް ގޮސްފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށްކަމަށެވެ. އެ ގޮތުން އެ އާއިލާއިން ވެކްސިންގެ 2 ޑޯޒު ޖަހާފައިވާކަމަށާއި އެ މީހުން ރަށަށް ދިއައީ ކޮވިޑް ނެގެޓިވް ޕީސީއާރް ޓެސްޓަކާއި އެކުކަމަށް އޭނާ ވަނީ ވިދާޅުވެފައިއެވެ. އޭނާ ފާހަގަ ކޮށްފައިވާ ގޮތުގައި އެ ކުޑަ ކުއްޖާ ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ނެގި ސާމްޕަލްއިންނެވެ. 

އަލީ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ހަދަމުންދާކަމަށާއި ރޭގައިވެސް ސާމްޕަލްތަކެއް ނަގާފައިވާކަމުގައެވެ. ކުޑަ ކުއްޖެއްކަމުން ބޭރު މީހުންނާއި ކޮންޓެކްޓުވެފައި ނުވާނެކަމަށާއި ސަބަބަކީ އެ ކުއްޖާ އަކީ ދެއަހަރު ނުފުރޭ ކުއްޖެއްކަމުން މައިންބަފައިން އުރައިގެން ގެންގުޅެންޖެހުމުން ބޭރަށް ނިކުމު ނަހަދާނެތީކަމަށް އޭނާވަނީ ވިދާޅުވެފައިއެވެ. 

އޭނާ އިތުރަށް ވިދާޅުވީ މިހާރު ޑައިރެކްޓު ކޮންޓެކްޓުވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރުވެސް ސާމްޕަލްތައް ނަގަމުންދާކަމަށެވެ. 

އެއީ މާލެއިން ރަށަށް އައި އާއިލާއެއްގެ ކުއްޖެއް. ރަށަށް އައީ އެޗްޕީއޭގެ ގައިޑް ލައިނާއި އެކު 2 ޑޯޒު ޖަހާ ނެގެޓިވް ޕީސީއާރު ޓެސްޓަކާއި އެކު. އެކަމަކު 18 ވަނަ ދުވަހު ނެގި ސާމްޕަލްއަކުން ޕޮޒިޓިވްވި ކަން އިނގުނީ- އަލީ ހުސެން (ކިނބިތޫ ކައުސިލްގެ ރައީސް)

ކިނބިދޫގެ އިތުރުން 15 ރަށެއްވެސް މިވަގުތު މޮނިޓަރިންގައި އެބައޮތެވެ. އެއީ، ގދ. ތިނަދޫ، ގދ. ނަޑެއްލާ، ގއ. ވިލިނގިލި، ގއ. ކޫއްޑޫ، އއ. ތޮއްޑޫ، އއ. ރަސްދޫ، ރ. ދުވާފަރު، ރ. މީދޫ، ހއ. ދިއްދޫ، ކ. ގުރައިދޫ، ކ. ކާށިދޫ، ށ. ފޯކައިދޫ، ތ. ކިނބިދޫ، ފ. ފީއަލި، ފުވައްމުލައް ސިޓީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް