އަޟްހާ އީދާ ދިމާކޮށްދިން މި ހަމަލާގައި 35 މީހުން މަރުވެ 60 ހަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ. ސިއްހީ އެހީތެރިންނާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކުރާ ގޮތުގައި ޒަހަމްވެފައިވާ މީހުންގެ ހާލު ސީރިއަސް ކަމަށާއި މިކަމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވުން ގާތެވެ.
އިސްލާމިކް ސްޓޭޓުންވަނީ މި ހަމަލާގެ ޒިންމާ ނަގާފައެވެ.
ބޮޑު ވަޒީރު މުސްތަފާ އަލް-ކަދީމީ ވަނީ މި ހަމަލާއާ ގުޅިގެން، ސެކިއުރިޓީ ކޮމާންޑަރުންނާއެކު ހާއްސަ ބައްދަލުވުމެއް ބާއްވާފައެވެ.
އެޕްރީލް މަހުގެ ތެރޭގައި ކާރު ބޮމެއް ގޮއްވާލައިގެން ސަދަރުސިޓީގައި ދިން ހަމަލާގެ ޒިންމާ ވެސް އިސްލާމިކް ސްޓޭޓުން ވަނީ ނަގާފައެވެ. އެ ހަމަލާގައި ވެސް 4 މީހުން މަރުވެ 20 މީހުންވަނީ ޒަހަމްވެފައެވެ. ޖެނުއަރީ މަހުގެތެރޭގައި ދިން ބޮމުގެ ހަމަލާގައި ވެސް 30 ހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ހަމަލާގެ ޒިންމާ ވެސް އިސްލާމިކް ސްޓޭޓުންވަނީ ނަގާފައެވެ.