ފުލުހުން ބުނީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭގެ 7:56 ގެ ވަގުތެއްގައި ކަމަށެވެ.
އެ ހާދިސާގައި ގެނބުނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް އައި ރަޝިޔާއަށް ނިސްބަތްވާ ކުއްޖެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަދި ކުޑަކުއްޖާ މަރުވީ އާއިލާއާއެކު ޕޫލުގައި އުޅެނިކޮށް ދިމާވި ހާދިސާއެއްގައި ކަމަށާއި، ކުއްޖާ އަށް ފަރުވާ ދިނުމަށް ފ.ނިލަންދޫ ސިއްހީ މައުކަޒަށް ގެންދިޔަކަމަށް ފުލުހުން ބުނެއެވެ.
އެހެންނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ކުއްޖާ އޮތީ މަރުވެފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލައި ތަހުގީގުކުރަމުން ގެންދާކަމަށެވެ.