ރިޝްމީ އަދި އައްޒަ، ދެ ތަރިންވެސް މީގެ ކުރިން އީދު ޝޯތަކަށް ކޮންމެ އީދެއްގައިވެސް އެކި ރަށްރަށަށް ދަތުރުކުރެއެވެ. އެހެން ނަމަވެސް ކޮވިޑްގެ މި ހާލަތުގައި މި އަހަރުގެ އީދުގެ ފުރަތަމަ ދުވަސް މި ދެ ތަރިންވސް ހޭދަކުރީ އާއިލާ އެކީ ގޭގައެވެ. އައްޒަގެ އިންސްޓަގްރާމް ސްޓޯރީގައި ވަނީ ގޭތެރޭގައި އާއިލާ އާއިއެކު ހެދަކުރެވިގެންދިޔަ އީދުގެ ބައެއް ވީޑިއޯތައް ހިއްސާކޮއްފައެވެ. އެގޮތުން އިންސްޓަގްރާމް ސްޓޯރީން ފުރަތަމަ ފެނިގެންދަނީ ރިޝްމީ އާއި ރަވީ، ދެމަފިރިންގެ ކަރޯކޭ ލަވައެކެވެ. ރިޝްމީ އާއި ރަވީ ލަވަ ކިޔަމުންދިޔައިރު، ރިޝްމީ އަދި އައްޒަގެ މަންމަ ފިލްމީ ދާއިރާގައި މަޝްހޫރު އައިންތު ލަވައިގެ ފޯރީގައި ނަށަމުންދާ މަންޒަރުވެސް ފެނެއެވެ. އަދި މީގެ އިތުރުން އައްޒަގެ ފިރިމީހާ މުއާ ވެސް އެ ވީޑިއޯއިން ރިޝްމީ އާއި ރަވީގެ ފަހަތުން ފެނިގެންދެއެވެ.
ދެވަނަ ވީޑިއޯގައި އައްޒަގެ މަންމަ އާއި ބައްބަގެ ލަވައެއް ފެނިގެންދެއެވެ. މީގެ އިތުރުން ގޭތެރޭގައި މުޅި އާއިލާ އެކީ އީދު މަޖަލުގައި ވަގުތައް ހޭދަކުރަމުން، އީދު ލަވަ މުބާރާތެއް ބާއްވައި ބޫމަރިންގް އެއްވެސް އައްޒަ ވަނީ ސްޓޯރީއަށް އަޕްލޯޑް ކޮއްފައެވެ.
މީގެ އިތުރުން ރިޝްމީ ވަނީ އީދު ފުރަތަމަ ދުވަހު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމުގްއި ހިއްސާކޮށް "ކޮންމެއަކަސް މި ނިމިގެން ދިޔައީ ވަރައްވެސް އުފާވެރި އީދު ދުވަހެއް" ކަމަށް ބުނެ ޝެއާ ކޮއްފައެވެ. މި ފޮޓޯ އިން ފެނިގެންދަނީ ރިޝްމީ އާއި އައްޒަގެ އިތުރުން އެ ދެބެއިންގެ ދެ ދަރިން ޒެލް އަދި އީތަން އެވެ. މި ފޮޓޯގެ ކެޕްޝަންގައި ރިޝްމީ އިތުރަށް ބުނެފައިވަނީ މިކަހަލަ ފޮޓޯ އެއް މާ ގިނައިން ޕޯސްތްކުރަން ނުލިބޭނެކަމަށެވެ.
އީދު ނޫނަސް "ޔާރާ އާއިލާ"އިން މިހާރަކަށް އައިސް އެކުގައި ގިނަ ވަގުތު ހޭދަކުރަމުންދާ ކަން އައްޒަގެ އިންސްޓަގްރާމް ސްޓޯރީން ފެނިގެންދެއެވެ.