ads
ބޫލްބުލައްޔާ2 ގެ ޕޯސްޓަރާއި އެ ފިލްމުގެ ތަރިން
ބޫލްބުލައްޔާ 2ގެ ޝޫޓިން ފަސްކޮށްފި
ބޫލްބުލައްޔާ 2ގެ ޝޫޓިން ފަސްކޮށްފިއެވެ.

ކާތިކް އާރުޔަން، ކިޔާރާ އާދުވާނީ އަދި ޓަބޫ ހަރަކާތްތެރިވާ ފިލްމު ބޫލްބުލައްޔާ 2 ގެ ޝޫޓިން ފަސްކޮށްފައިވާކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ އެ ފިލްމު ހެދުމަށް ހަރަކާތްތެރިވާ ހުރިހާ އެންމެންނައް އީމޭލް މެދުވެރިކޮށް އަންގާފައެވެ. 

ބޮލީވުޑް ލައިފުން ކުރިން ބުނެފައިވާގޮތުން މި ފިލްމުގެ ޝޫޓިން މިމަހުގެ މެދުތެރޭ ފެށޭނެއެވެ. ނަމަވެސް ފަހުން ބޮލީވުޑް ލައިފް އިން ވަނީ މި ފިލްމު ފަސްކޮށްފައިވާކަމަށް ރިޕޯޓުކޮށްފައިއެވެ.  ނަމަވެސް މިކަން ކުރަން ނިންމި ސަބަބެއް އަދި ވަނީ ސާފުނުވެފައެވެ.

your imageބޫލްބުލައްޔާގެ 2 ވަނަ ބައިގެ ޕޯސްޓަރެއް އަދި އޭގައި ހަރަކާތްތެރިވާ ތަރިން 

މި ފިލްމުގެ ޝޫޓިން ފަސްކުރެވިފައިވާ އިރު ކާތިކް އާރިޔަނަށް ކުޅެން ލިބިފައިވާ ވަރަށް ގިނަ ފިލްމުތަކެއް ވަނީ އޭނާގެ އަތުން ގެއްލިފައެވެ. އެ ގޮތުން ދަރުމާ ޕްރޮޑަކްޝަން ގެ ދޯސްތާނާ އަދި ރެޑް ޗިލީ އެންޓާޓައިމަންޓުގެ ފްރެޑީ އިންވެސް ކާތިކް ވަނީ ބޭރު ކޮށްލާފައެވެ. ސަބަބެއްކަމުގައި ބެލެވެނީ ކާތިކްއާއި ދޭތެރޭ އެ ޕްރޮޑަކްޝަންތަކުގެ ތެރޭގައި އޮތް ހިތްހަމަނުޖެހުންތަކެއް ކަމަށް ބެލެވެއެވެ.    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް