ads
ލަމް މެންޗަންގު
ހޮންކޮންގުގެ ފުލުހުން އެޕަލް ޑެއިލީގެ އެޑިޓަ އިން ޗީފް ހައްޔަރުކޮށްފި
ޗައިނާގެ ހޮންކޮންގުގެ ފުލުހުން އެގައުމުގެ ނޫހެއްގެ އެޑިޓަރެއް ހައްޔަރުކޮށްފި ކަމަށް ބޭރުގެ ނޫސްތަކުން ބުނެފި އެވެ.
Advertisement

އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި ހޮންކޮންގުގެ ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންދުކޮށްފައިވާ ނޫހެއްކަމަށްވާ އެޕަލް ޑެއިލީގެ އެޑިޓަ އިން ޗީފް އެވެ. 

ހޮންކޮންގުގެ ފުލުހުންނާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 51 އަހަރުގެ ފިރިހެން އެޑިޓަރު ހައްޔަރުކޮށްފައިވަނީ ބޭރު ގައުމަކާއި ގުޅިގެން ޗައިނާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް ހިންގަން އުޅޭކަމުގެ ތުހުމަތުގައި ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ.

އޭއެފްޕީ އިން ރިޕޯޓުކުރާ ގޮތުގައި ހައްޔަރު ކުރެވިފައިވަނީ އެޕަލް ޑެއިލީ ގެ ކުރީ އެގްޒެކެޓިވް އެޑިޓަ އިން ޗީފް ކަމުގައިވާ ލަމް މެން ޗެންގު އެވެ. 

މިއީ އެޕަލް ޑެއިލީ ބަންދު ކުރި ފަހުން އެ ނޫހުގައި މަސައްކަތް ކުރި މީހުންގެ ތެރެއިން ހައްޔަރު ކުރި ނުވަ ވަނަ މީހާ އެވެ. 

އެޕަލް ޑެއިލީގެ ވެރިޔާ ޖިމީ ލެއި އެޕަލް ޑެއިލީ ބަންދުކުރަން ޖެހުނީ އޭނާއަށް ޗައިނާގެ ސަރުކާރުން ކުރިމަތި ފިއްތުންތަކުގެ ސަބަބުންނެވެ. އެ ގޮތުން އޭނާގެ އެކައުންޓުތަކާއި ކުންފުނީގެ އެކައުންޓުތައް ވެސް އެގައުމުގެ ސަރުކާރުން ވަނީ ފްރީޒުކޮށްފަ  އެވެ. ޖިމީ މިވަގުތު ހުރީ ޖަލުގައި އެވެ. އޭނާގެ މައްޗަށް ކުރެވުން ދައުވާ އަކީ އޭނާގެ ކުންފުނީގެ އިސް ފަރާތްތަކާއި ގުޅިގެން ގައުމުގެ ސަލަމާތަށް ނުރައްކާވާ ފަދަ މައުލޫމާތުތަކެއް އެހެން ގައުމަކާއި ހިއްސާ ކުރަން އުޅުނު ކަމުގެ ދައުވާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް