ads
ކޮވިޑް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ--
މިއަދުވެސް ޕޮޒިޓިވްވީ މީހުންގެ އަދަދު 100 އިން މަތި
މިއަދު ރާއްޖެއިން ކޮވިޑް-19އަށް އިތުރު 144 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިއަދު 6،138 ސާމްޕަލް ޓެސްޓު ކުރެވުނުއިރު، ޕޮޒިޓިވްވި 144 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ، 36 މީހުންނެވެ. އަދި އަތޮޅުތަކުން 72 މީހުން ޕޮޒިޓިވްވެފައި ވެއެވެ. އަދި ރިސޯޓްތަކުން 36 މީހަކު ޕޮޒިޓިވްވިއިރު، ސަފާރީތަކުން ތިން މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

އިއްޔެ އާއި މިއަދު މުޅި ޖުމްލަ އަތޮޅުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު 100އިން މަތިިވިއިރު މިއީ މިފަހަކުން އަތޮޅުތެރޭގެ ކޭސްތައް ވަނީ ދަށްވާން ފަށާފައެެވެ. މިފަހަކުން މުޅި ޖުމްލަ އަތޮޅުތެރެއިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވާ މީހުންގެ އަދަދު އުޅުނީ، 60 ހާއި 30 ހާއި ދެމެދުއެވެ. 

އެގޮތުން އިއްޔެ މުޅި ޖުމްލަ ޕޮޒިޓިވި 169 މީހުންގެ ތެރެއިން މާލޭ ސަރަހައްދުން ޖުމްލަ ޕޮޒިޓިވްވީ މީހުންގެ އަދަދު އުޅުނީ، 24 ގައެވެ. އަދި އަތޮޅުތަކުން އިއްޔެ ޕޮޒިޓިވްވެފައި ވަނީ، 127 މީހެކެވެ. 

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 76،332 އަށް އަރާފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު 73،531 އަށް އަރާފައިވާއިރު، މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދަނީ 12 މީހަކަށެވެ. 

އަދި މިހާތަނަށް ރާއްޖެއިން 218 މީހަކު ކޮވިޑްގައި މަރުވެފައިވާއިރު، ބަލިޖެހިފައިވާ 2،579 މީހުން މިވަގުތުވެސް ރާއްޖޭގައި އެބަތިއްބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް