ads
ކަރަން އަދި ކަރީނާ
ޖެހުނު ކުޑަ މައްސަލައެއްގައި ކަރީނާ އާއި ކަރަން ވާހަކަ ނުދައްކާ ތިބި!
ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކަރީނާ ކަޕޫރު އަދި މަޝްހޫރު ފިލްމް ޑައިރެކްޓަރ ކަރަން ޖޯހަރް ޖެހުނު ކުޑަ ކުޑަ މައްސަލައެއްގައި ނުވަ މަސް ދުވަހު ވާހަކަ ނުދައްކާ ތިއްބެވެ.

ކަރީނާ އަދި ކަރަންގެ ރަހުމަތްތެރިކަމަކީ ބޮލީވުޑްގެ އެއްވެސް ސްޓާރަކަށްވެސް އަދި ފޭނުންނަކަށްވެސް ސިއްރުވެފައިވާ ކަމެއްނޫނެވެ. ހަމަ އެޔާއެކު ވަރަށް ފާޅުކަން ބޮޑުގޮތެއްގައި "ބީއެފްއެފް" ގެ މި ގުޅުން އެ ދެ ފަންނާނުންވެސް ހާމަކުރެއެވެ. 

ނުވަ މަސް ދުވަހު ކަރީނާ އާއި ކަރަން ވާހަކަ ނުދައްކާ ތިބުމަކީ އެހާ ގަބޫލުކުރަން ފަސޭހަ ވާހަކައެއްވެސް ނޫނެވެ. ގަބޫލުކުރަން ދަތި ނަމަވެސް މިއީ ހަގީގަތެކެވެ. 

މި ދެ މީހުންގެ ދެމެދުގައި ޖެހުނު މައްސަލަ ހާމަކޮށްފައިވަނީ ކަރަންގެ އޮޓޯބައޮގްރެފީ "ދި އަންސުއިޓަބަލް ބޯއި" ގައެވެ. މިކަން ހާމަކުރަމުން ކަރަން ބުނެފައިވަނީ މި ދެތަރިންގެ ދެމެދުގައި ޖެހުނު މައްސަލައަކީ ކަރީނާ އަށް ފިލްމެއް ހުށަހެޅުމުން މާބޮޑު އަގެއް ދޭން ކަރީނާ ޑިމާންޑުކުރުން ކަމަށެވެ. 

ކަރީނާ އަށް ހުށަހެޅި ފިލްމަކީ "ކަލް ހޯ ނާ ހޯ" އެވެ. އެހެން ނަމަވެސް ކަރީނާ ވަނީ މި ފިލްމަށް ޝާހްރުކް ޚާން އާއި އެއް އަގެއް ދޭން އެދިފައެވެ. ކަރީނާ ގެ މި ޑިމާންޑުން ކަރަން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނުކަންވެސް ކަރަން ވަނީ ބުނެފައެވެ. އެއާއެކު ކަރީނާ އަށް ވަނީ މި ފިލްމް ގެއްލިފައެވެ. މި ފިލްމުގައި ޝާހް އާއި އެކު ފަހުން ފެނިގެން ދިޔައީ ޕްރިތީ ޒިންތާ އެވެ. 

ކަރަން ހިތްހަމަނުޖެހުނު ނަމަވެސް ފަހުންވެސް ނެގޯޝިއޭޓް ކުރަން ކަރީނާ އަށް ގުޅިކަމަށް ކަރަން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ކަރީނާ ފޯނަށް ޖަވާބު ނުދިނުމުން ކަރަންގެ ބައްޕަ ޔަޝް ގާތުގައި ކަރީނާ މި ފިލްމަށް ނުނަގާނެ ކަމަށް ބުނެ "ކަލް ހޯ ނާ ހޯ" ޕްރިތީ އާއި އެކު ސޮއި ކުރީކަމަށް ކަރަން ވަނީ "ދި އަންސުއިޓަބަލް ބޯއީ" ގައި ހާމަކޮށްފައެވެ. މި މައްސަލައިގައި ކަރީނާ އާއި ކަރަން ވާހަކަ ނުދައްކާ ނުވަ މަސް ހޭދަވެގެން ދިޔައެވެ.

your imageކަރަން ޖޯހަރް އަދި ކަރީނާ ކަޕޫރް

މި ދެ މީހުންގެ ގުޅުން އަނެއްކާވެސް ބަދަހިވެގެން ދިޔައީ ކަރަންގެ ބައްޕަ އަށް ކެންސަރު ޖެހުނު ކަމުގެ ހަބަރު ކަރީނާ އަށް ލިބުމާއި ގުޅިގެން ކަރީނާ ކަރަން އަށް ފޯނުން ގުޅާ ކަރަންގެ ބައްޕަގެ ބަލީގެ ހަބަރު ކަރީނަ އަށް ލިބުނުކަމަށް ބުނެ ވަރަށް ދެރަވެގެން ވާހަކަ ދެއްކުމުންނެވެ. މީގެ އިތުރުން ކަރީނާ ވަނީ ކަރަން ދެކެ ވަރަށް ލޯބިވާ ކަމަށް ބުނެ މާފަށްވެސް އެދިފައެވެ. 

ދެމީހުން ވާހަކަ ނުދައްކާ ތިބި ދުވަސްވަރު އެ ދެމީހުން ބައްދަލުވެފައިވަނީ ޕާޓީތަކުން އެކަންޏެވެ. ޕާޓީ ތަކުން ބައްދަލުވީ ނަމަވެސް ދެމީހުންވެސް އެކަކު އަނެކަކާ ވާހަކަ ދައްކަން މަސައްކަތްވެސް ކޮށްފައެއް ނުވެއެވެ. 

އެހެން ނަމަވެސް އޭގެ ފަހުން މި ދެ މީހުން ވަނީ އެ ދެމީހުންގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮއްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް