ހަންގާމާ 2ގެ ޕްރޮޑަކްޝަން ޓީމުން ބުނީ ކުރިން ވެސް ފިލްމު ރިލީސް ކުރަން އޮތް ތާރީހުގައި ފިލްމު ރިލީސް ކުރާނެ ކަމަށެވެ.
ޝިލްޕާގެ ފިރިމީހާ ރާޖު ހައްޔަރުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ހުށަހެޅިބަރަހަނާ ފޮޓޯއާއި ވީޑިއޯތަކެއްގެ މައްސަލަ އަކާ ގުޅިގެންނެވެ. އަދި އެ މައްސަލަ މުމްބާއީ ފުލުހުން އައީ ތަހުގީގުކުރަމުންނެވެ.
މުމްބާއީ ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި އެކަށީގެންވާ ހެކި އެބަހުއްޓެވެ.
ޝިލްޕާ އޭނާގެ ފިރިމީހާ ރާޖް ކުންދްރަ އާ ކައިވެނި ކުރީ 2009 ވަނަ އަހަރުގެ ތެރޭގައެވެ. އެ ދެ މީހުންގެ ކައިވެންޏަށް 2012 ވަނަ އަހަރު ފިރިހެން ކުއްޖަކު ލިބުނުއިރު، ސަރޮގެސީ މެދުވެރިކޮށް މިދިޔަ އަހަރު ވަނީ އަންހެން ކުއްޖަކު ހޯދާފައެވެ.