ads
ދަތުރުވެރިންގެ މާރުކޭޓް ބަންދުކުރުމުގެ ކުރިން--
ދަތުރުވެރިންގެ މާރުކޭޓް ބޮޑުކުރުމުގެ މަސައްކަތް ހުއްޓިފައި
މާލޭގައި ހުންނަ ދަތުރުވެރިންގެ މާރުކޭޓު ތަރައްގީ ކުރުމަށް މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އެތަން ބަންދުކޮށްފައި ވާއިރު އެތަނުގެ މަސައްކަތް މިވަގުތު އޮތީ ހުއްޓިފައި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
Advertisement
މާލޭގައި ހުންނަ ދަތުރުވެރިންގެ މާރުކޭޓު ތަރައްގީ ކުރުމަށް މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އެތަން ބަންދުކޮށްފައި ވާއިރު އެތަނުގެ މަސައްކަތް މިވަގުތު އޮތީ ހުއްޓިފައި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ދަތުރުވެރިންގެ މާރުކޭޓު ބަންދު ކުރިއިރު އެތަނުގައި 160 ގޮޅި ހުއްޓެވެ. މާރުކޭޓު މަރާމާތުކޮށް ނިމުމުން ގޮޅިތަކުގެ އަދަދު މަދުވާނެ ކަމަށް ކުރިން ސިޓީ ކައުންސިލުން ބުނެފައި ވާއިރު މަރާމާތަށް ފަހު އެތަނުގައި ހުންނާނީ ޖާގަ ބޮޑު 63 ގޮޅި އެވެ.

ސިޓީ ކައުންސިލުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ފަޒީން ސީއެންއެމްއަށް ވިދާޅުވީ ގޮޅިތައް ބޮޑުކޮށް، އެތަން ތަރައްގީ ކުރުމުން ގޮޅިތަކުގެ އަދަދު މަދުވާތީ ސިޓީ ކައުންސިލުން ދަނީ ގޮޅިތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެތަން ހަދަން ފަށައި، ގޮޅިތައް ވަކި ކުރުމަށް ފާރު ވެސް ނެގުމަށް ފަހު ގޮޅިތައް އިތުރު ކުރަން ކައުންސިލުން ވިސްނަމުން ދާތީ އެ މަސައްކަތް މިވަގުތު އޮތީ މަޑުޖެހިފައި ކަމަށް ފަޒީން ވިދާޅުވި އެވެ.

"އެތަނުގެ ހުސް ޖާގަތަކުގަ ވެސް ގޮޅިތައްލާ އިތުރުކުރެވޭތޯ އަޅުގަނޑުމެން މި އުޅެނީ. އެގޮތަށް ފާސްކުރުމާ މެދު މިއަދު އޮތީ ޖަލްސާއެއް ބާއްވަން ނިންމާފަ. އެކަމަކު މޭޔަރާއި ޑެޕިއުޓީ މޭޔަރު މިވަގުތު މާލޭގަ ނޫޅުއް ވާތީ އެ ޖަލްސާ މިއަދަކު ނުބޭއްވުން،" ފަޒީން ވިދާޅުވި އެވެ.

އެތަން ބަންދުކުރި ގޮތަށް އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ފެށިއިރު ސިޓީ ކައުންސިލުގެ އަމާޒަކީ މަހެއްހާ ދުވަހުގެ ތެރޭގައި އެތަން ނިންމުމެވެ.

ތިރީސް ދުވަހުގެ ނޯޓިސް އެއް ދިނުމަށް ފަހު އެތަން ބަންދު ކުރިއިރު، ކުރިން ސިޓީ ކައުންސިލުން ނިންމީ އެތަނުގައި ވިޔަފާރި ކުރާ މީހުންނަށް ވިޔަފާރި ކުރަން ޖާގަ ދެއްކުމަށް ފަހު ބަންދު ކުރާށެވެ. އެކަަމަކު ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގެ ކޯރަމް ހަމަނުވެގެން އެތަނުގައި ގޮޅިތައް ހިންގި މީހުންނަށް ވިޔަފާރި ކުރާނެ އެހެން ތަނެއް ކަނޑައެޅިފައެއް ނުވެ އެވެ.

މިހާރު ބައެއް ވިޔަފާރިވެރިން އަންނަނީ ދަތުރުވެރިންގެ މާރުކޭޓާ ދިމާލުން ބޯޓުތައް އަޅާފައި އޮންނަ މަގުގައި ވިޔަފާރި ކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް