ads
މީރުވަސް ދުއްވުމަށް ތައްޔާރުކޮއްލެވިދާނެ އެއްޗޭއް
ގޭގައި މީރުވަސް ދުއްވަންބޭނުންނަމަ މިއޮތީ ވަރަށް ފަސޭހަގޮތެއް
ކޮންމެމީހަކުވެސް ބޭނުންވާނީ އެމީހަކުއުޅޭތަނަކީ މީރުވަސް ދުވާ ހިތްފަސޭހަތަނަކަށްވުމަށެވެ. އެހެންކަމުން ގިނަމީހުން ބޭނުން ކުރަމުން ދަނީ އެއާ ފްރެޝްނާ އާއި ސެންޓެޑް ކެންޑްލްސްފަދަ ތަކެއްޗެވެ. މި ތަކެތީގައި މީރުވަސް ދުވިނަމަވެސް މިތަކެއްޗަކީ ހަރަދުބޮޑު އެއްޗިއްސެވެ. އަދި މިތަކެތީގެ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބެއެވެ.

އެހެންކަމުން މިއޮތީ ހަރަދު ކުޑަކޮަށް އަދި ހަށިގަނޑަށްވެސް ގެއްލުން ނުލިބޭނެހެން ގޭތެރޭގައި މީރުވަސް ދުއްވަން ބޭނުންނަމަ ކުރެވިދާނެ ބައެއްކަންކަމެވެ.

ގޭތެރޭގައި މީރުވަސް ދުއްވާލަން ކުރެވިދާނެ ފުރަތަމަކަމަކީ ކުޑަތެއްޔަކަށް ފެންތަށްޓެއް އެޅުމަށްފަހު މަޑުގިނީގައި ކައްކަން އުދާށެވެ. އެއަށްފަހު އޭގަތެރެޔަށް ލުނބޮއެއް ތުނިކޮށް ކޮށާލުމަށް ފަހު އަޅާށެވެ. އަދި އެއާއެކު ކުޑަ ރޯޒްމެރީފަތްކޮޅެއް އަޅާށެވެ. ލުނބޮ އާއި ރޯޒްމެރީ ފަތްކޮޅު އެޅުމަށްފަހު އޭގެތެރެއަށް އެއް ސައިސަމްސާ ވެނީލާ އެސެންސް އަޅާލުމަށްފަހު މަޑުގިނީގައި ކަށްކާށެވެ. މީގެ ސަބަބުން ގޭތެރޭގައި ވަރަށް މީރުވަސް ދުވާނެކަން ޔަގީނެވެ.

ގޭތެރޭގައި ހުންނަ އައިސްއަލަމާރީގެ ސަބަބުންވެސް ގޭގައި ނުބައިވަސް ދުވަން މެދުވެރިވެއެވެ. މިކަން ހައްލުކޮއްލަން ބޭނުންވަނީ ބޭކިންސޯޑާއާއި ކުޑަ ހުސް ބިއްލޫރިފުޅިއެކެވެ. ބިއްލޫރިފުޅީގެ މެދާހަމައަށް ބޭކިންސޯޑާއެޅުމަށްފަހު ފުޅީގެ މަތިޖަހާލާށެވެ. އަދި މަތިގަނޑުގައި ކުޑަ ތަންކޮޅެއް ތޮރުފާލުމަށްފަހު އައިސް އަލަމާރިއަށް ލާފައިބައިންދާށެވެ. އައިސްއަލަމާރީގައި ދުވާނުބައިވަސް ކެނޑިގެންދާނެއެވެ. އަދި މި ފުޅިއަކީ އަވަސް އަވަހަށް ބަދަލުކުރަންޖޭ ފުޅިއެއްނޫނެވެ. 4-3 މަސްދުސްވަންދެންވެސް އައިސް އަލަމާރީގައި ބެހެއްޓިދާނެއެވެ.

ދެންމިއޮތީ ހެދުން އަޅާއަލަމާރި ތަކުގައި މީރުވަސް ދުއްވަން ކުރެވިދާނެކަމެކެވެ. މިކަމަށްބޭނުންވާނީ ކުޑަ ޕޮޕްސިކްލް ސްޓިކްއަކާއި އެސެންޝިއަލް އޮއިލް ފުޅިއެކެވެ. ބޭނުންނަމަ ސެންޓުފުޅިއެއްވެސް ބޭނުންކުރެވިދާނެއެވެ. ޕޮޕްސިކްލް ސްޓިކްގައި އެސެންޝިއަލް އޮއިލް ކޮޅެއް އުނގުޅާލުމަށް ފަހު ޕޮޕްސިކްލް ސްޓިކް އަލަމާރީގެ ކޮންމެވެސް ހިސާބެއްގައި ބާއްވާށެވެ. ހަމަޔަގީނުންވެސް އަލަމާރި ހުޅުވާއިރު ވަރަށް މީރުވަސް ދުވާނެއެވެ. އަދި އެހާމެ ހިތްހަމަޖެހޭނެއެވެ. 

43%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް