ads
ހުކުރު މިސްކިތުގައި މެޑިޑޭޓް ކުރަނީ
މާލެ ހުކުރު މިސްކިތު ހުރުމަތް ކަނޑާލާ ވީޑިއޯއެއް ވީޑިއޯއެއް އާއްމުވެއްޖެ
މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ އިންޑިއާގެ އަންހެނަކު އެ މިސްކިތުގެ ތެެރޭގައި "މެޑިޑޭޓް" ކުރަމުންދިޔަ މަންޒަރެވެ.
Advertisement

 ދެފައި ވައްކޮށްގެން ޔޯގާ ޕޯސް އަކާއިއެކު އެމީހާ "މެޑިޑޭޓް" ކުރަމުންދިޔައިރު، އޭނާގެ ކުރިމަތީގައި ކޮންމެވެސް އެއްޗެއް ބާއްވާފައި އޮންނަތަންވެސް ފެނެއެވެ. އެހެންނަމަވެސް އެއީ ކޯޗެއް ކަމެއް ވީޑިއޯއިން ސާފެއް ނުވެއެވެ. 

އިންޑިއާގެ ހިސާބުތަކު ހިންދޫ ދީނުގެ މީހުން ޔޯގާ ކަސްރަތު ކުރުމަށާއި، ދީނުގެ އަޅުކަންތައް ކުރުމުގައި އެގޮތައް ތިބޭތަން ފެނެއެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް"އިން ފުލުހުންނާއި ސުވާލުކުރުމުން ބުނެފައިވަނީ، އެވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވުމުން ފުލުހުން މިސްކިތަށް ދިޔަ ކަމަށާއި އެހެންނަމަވެސް އޭރު އެފަދަ އެއްވެސް ކަމެއްވެސް އަދި އެއްވެސް އެއްޗެއްވެސް މިސްކިތުން ފެނިފައި ނުވާކަމަށެވެ. 

މިކަމާއި ގުޅިގެން އިސްލާމިކް މިިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. 

މި ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވެގެން ދިޔުމުން ގިނަ ބަޔަކު ދަނީ ބޭރު ގައުމުތަކުގެ މީހުން މިސްކިތްތަކުގެ ހުރުމަތް ކަނޑާލާއިރު މިނިސްޓްރީން ހަނު ތިބޭތީ ވެސް އަދި އެކަން ކަން ނުބެލޭތީވެސް ފާޑުކިޔާފައެވެ. 

މީގެ ކުރިންވެސް ބިދޭސީން މިސްކިތްތަކަށް ވަދެ މިސްކިތްތަކުގެ ހުރުމަތް ކަނޑާލާ ވީޑިއޯތަކާއި ފޮޓޯތައް ދައުރުވެފައިވެއެވެ. 

މާލެ ހުކުރު މިސްކިތުގެ މަތީ ބެރިތަކުގެ ތެރޭގައި ވަރަށް ބޮޑަށް ކަތުރު ފަނި އަޅާފައިވާކަން ފާހަގަކުރެވުމުން އެ މިސްކިތް ބަންދުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ ހުކުރު ނަމާދަށް ފަހު އެވެ.

އެކަން ރަނގަޅު ކުރުމަށް ފަހު ހުޅުވަން އޭރު ވިސްނިނަމަވެސް ފަހުން މިސްކިތް ހުޅުވާ މުއްދަތު ދިގުކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގައި މިސްކިތުގެ އާބާތުރަ ފިލުވުމުގެ ބޮޑު މަޝްރޫއެއް ފަށަން ތައްޔާރުވެފައި އޮތުމުންންނެވެ. އެހެންނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އެ މަސައްކަތް މަޑުޖެހުމުގެ ސަބަބުން މިހާރު އެމަސައްކަތް ފެށުން ލަސްވާތީއާއި އެ މިސްކިތަކީ މާލޭގެ ގިނަބަޔަކު ބޭނުން ކުރަމުން އަންނަ މިސްކިތަަކަށްވާތީ، އަލުން އެ މިސްކިތް ހުޅުވާފައިވަނީ، 2020ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެެކެއްވީ ހުކުރު ދުވަހު އެވެ. 

އެހެންކަމުން މިހާރު އެމިސްކިތް ދަނީ ކުރިއެކޭވެސް އެއްގޮތައް އެ ސަރަހައްދުގެ މީހުން ނަމާދު ކުރުމަށްޓަކައި ބޭނުން ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް