ads
ސުނީ އަދި ކަމިލާ
އުކުޅުސް އީދު ޝޯގައި ސުނީގެ އަމިއްލަ ލަވައެއް: ސެނޮރިޓާ ލަަވަ، ހައި ސްނީތާ އަށް!
މިފަހަރުގެ އީދު އެކި ކަންކޮޅުތަކުގައި ކުލަ ގަދަކޮށް ފާހަގަކުރަމުންދާއިރު، އެންމެ ކުރީގައި އުޅޭ އެއް ރަށަކީ އއ. އުކުޅަސް އެވެ. އުކުޅަހުގެ އީދު ފޯރި ގަދަވެފައިވަނީ، މަޝްހޫރު ނެށުންތެރިއާ ސުނީތާ އަލީ އާއި އެކު އީދު ފާހަގަކުރުމުގެ ފުރުސަތަު ލިބިގެން ދިޔުން ކަމާއިމެދު ޝައްކެތް ނެތެވެ.

އީދުގައި އެކި ރަށްރަށުގައި މަޝްހޫރު ޝޯތަކެއް މީގެ ކުރީ އަހަރުތަކުގައި ދީފައިވާ ސުނީ މިފަހަރުގެ އީދުގައި ހުރީ އޭނާގެ އަމިއްލަ ރަށް އުކުޅަހުގައެވެ. ސުނީ ދަނީ އޭނާގެ އީދު ފާހަގަކުރާ ގޮތުގެ ބައެއް ކްލިޕްތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. 

އެގޮތުން އީދު ނަމާދުން ފެށީގެން ކުލަ ޖެހުމާއި ކެއްކުމުގެ މަޖާގެ ތެރެއިންވެސް އެކި ކްލިޕްތައް ސުނީ އަންނަނީ އޭނާގެ ފޭނުންނާއި ހިއްސާކުރަމުންނެވެ. އެންމެ ފަހުން ސުނީ ވަނީ އުކުޅަހުގައި އޮތް އީދު ޝޯގެ ބައެއް ކްލިޕްތައްވެސް ހިއްސާކޮށްފައެވެ. އެ ޝޯގައި ސުނީގެ ހުނަރުވެރި ނެށުންތަކެއް ފެނިގެން ގޮސްފައިވާއިރު އޭނާގެ އަމިއްލަ ލަވައެއްވެސް ވަނީ ހުށަހަޅާފައެވެ. 

އެގޮތުން ޝޯން މެންޑެސް، ކަމިލާ ކަބެލޯގެ މަޝްހޫރު ލަވަ "ސެނޮރިޓާ" ގެ ކަވާއެއް ދޫކޮށްލާފައެެވެ. އެއީ " ހައި ސްނީތާ" އެވެ.

 ސުނީ ފާހަގަކުރެވެނީ ޕްރިޔަންކާގެ އެންމެ ބޮޑު ފޭނުންގެ ތެރޭގައެވެ. މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު ސުނީތާއަށް  ވަނީ 44 އަހަރު ވެފައެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް