ads
ހުޅުދުއްފާރު މާލިތަށް
ހުޅުދުއްފާރުން ނެރުނީ ކޮވިޑަށް ހާއްސަ މާލިތަކެއް
ރ.ހުޅުދުއްފާރުގައި ކޮންމެ އަހަރަކުވެސް އީދު ފާހަގަކުރެއެވެ. އެރަށުގައި ފާހަގަކުރާ އީދުގައި ދޫނި މާލި ތަކެއް ކޮންމެ ފަހަރަކުވެސް ނެރެއެވެ. އީދު ފޯރީގައި އެންމެން އުފަލުގައި ޝާމިލުކުރަމުން ފާހަގަ ކުރާ މިހަރަކާތްތަކަކީ ރަށުގެ ރައްޔިތުންގެ އެއްބާރުލުމާއެކު ފާހަގަ ކުރާ ހަރަކާތްތަކެކެވެ.
Advertisement

އެހެން ނަމަވެސް މިފަހަރުގެ އީދުއެރަށުގައި ފާހަގަ ކުރީ ތަފާތު ގޮތަކަށެވެ. ނެރުނީ ދޫނި މާލި ތަކެކެވެ. އެކަމަކު ކޮވިޑަށް ހާއްސަ މާލި ތަކެކެވެ. ކޮވިޑް ވައިރަސް ރަމުޒުކޮށްދޭ މާއްޔަކާއި ، ރައްކާތެރިކަމާއެކު ހުންނަ ޑޮކްޓަރު މާއްޔެވެ. ކޮވިޑްގެ ޓެސްޓު ހަދާ މާއްޔެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ހަލުވިކަމާއިއެކު ފެތުރެމުން ދިޔަދުވަސްވަރަކަށް ވިނަމަވެސް ހެލްތްޕްރޮޓެކްޝަން އޭޖެންސީއިން އެޅިހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ބަލިފެތުރުން މިވަނީ މިހާރު ކޮންޓްރޯލް ކުރެވިފައިއެވެ. އެހެން ކަމުން މިފަހަރުގެ އީދާއި ގުޅިގެން އެޗްޕީއޭއިން ވަނީ ލުުއިތަކެއް ދީފައެވެ. މިއާއިއެކު ރާއްޖޭގެ ވަރަށް ގިނަރަށް ތަކުގައިދަނީ ވަރަށް ކުލަގަދަކަމާއިއެކު އީދު ފާހަގަކުރަމުންނެވެ. 

އީދުގެ ހަރަކާތްތަކާއި ގުޅިގެން ރ.ހުޅުދުއްފާރުން މިވަނީ ވަރަށް ތަފާތު މާލިތަކެއް ނެރެފައެވެ. ފޮޓޯތަކުން ފެންނަގޮތުގައި މިފަހަރު މާއްޔެއްގެ ގޮތުގައިމިހުރީ ނެރެފައިވާ އެއްމާއްޔަކީ ކޮވިޑަށް ޓެސްޓްކުރާ މީހެކެވެ. މި މާލީގެއަތުގައި ކޮވިޑް-19 އަށް ޓެސްޓްކުރަން ބޭނުންކުރާ ސާންޕަލްކިޓްއެއްވެސް އޮތެވެ. އަދި ސާންޕަލްކިޓގެ އެއްކޮޅުގައި "ޕޮޒިޓިވް" އަދި އަނެއްކޮޅުގައި "ނެގެޓިވް" ޖަހާފައި އޮތެވެ.

your imageހުޅުދުއްފާރު މާލިތަށް

ސީއެންއެމްގެ ފަރާތުން ސުވާލުކޮށްލުމުން ރ.ހުޅުދުއްފާރުގެ ޒުވާނަކުބުނީ މި މާލިނެރުމަށް ހިޔާލަށް އައީ މިދުވަސް ވަރަކީ ކޮވިޑް-19 ގެ ދުވަސްވަރު ކަމަށްވުމުން އެކަމާއިގުޅިގެން  ކަމަށެވެ. އަދިމިކަމަކީ  ހުޅުދުއްފާރު ޒުވާނުން އިސްނަގައިގެން ކުރިކަމެއް ކަމަށާއި މި މާލިތައްނެރުނީ ހުޅުދުއްފާރުގެ އީދު ކުޅިވަރެއްކަމަށްވާ 'ދޫނިނެރުމާ" ގުޅޭގޮތުން ކަމަށް އޭނާބުންޏެވެ.

ފޮޓޯތަކުން ފެންނަގޮތުގައި ކޮރޯނާ 'ވައިރަސް" ގެ ގޮތުގައި މާލިހެދިގެންނާއި ޑޮކޮޓަރެއްގެ ގޮތުގައި ހުރިމާއްޔަކާއި ނަރުހެއްގެ ގޮތުގައި ހުރިމާޔެއްވެސް ފެނިގެންދެއެވެ. އީދު ފާހަގަކުރާއިރު ރަށްރަށުން ފެންނަ ފަންމާއްޔާއިނާށިމާއްޔާއި އަޅާބަލާއިރު މިއީ ވަރަށް ތަފާތުމާލި ތަކެކެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް